ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:5 - ކިތާބުލް މުޤައްދަސާ5 ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު ހެޔޮބަސްތައް ބުނެ ތިޔަބައިމީހުން ވާވެއްދުމަކަށް އަހަރެމެން މަސައްކަތެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މަކަރުހަދައިގެން ތިޔަބައިމީހުންގެ އަތުގައި ވީ ފައިސާ ހޯދުމަށް އަހަރެމެން މަސައްކަތެއް ނުކުރާކަން ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން މާތްރަސްކަލާނގެވެސް ހެކިވެލައްވާނެއެވެ. အခန်းကိုကြည့်ပါ။ |
އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.
މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.
ހުއިހައްޕާ މީހަކު ކަންބަޅިތަކާއިމެދު ޒިންމާވާނެ ފަދައިން މީސްތަކުންނާއިމެދު ޒިންމާ ވާށެވެ. އެބައިމީހުންނާއިމެދުގައި ޒިންމާވާން ޖެހެނީ ތިޔަބައިމީހުންގެ އަޅާލުން އެބައިމީހުންގެ މައްޗަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާތީއެވެ. މިފަދައިން އަމަލުކުރަންވީ ހަމައެކަނި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ބަލައިގެން ނޫނެވެ. ތިޔަބައިމީހުން އުފާވެރި ކަމާއެކު ޚިދުމަތް ކުރުމަށް އެދިގެންވާތީއެވެ. ފަހަރެއްގައި ވެސް މުއްސަނދި ކަމަށް އެދިގެން ނޫނެވެ. ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ.
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.