ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:19 - ކިތާބުލް މުޤައްދަސާ19 އަހަރެމެންގެ މާތްސާހިބާ އީސާގެފާނު ވަޑައިގަންނަވާހިނދު އަހަރެމެންގެ އުންމީދަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އުފާކުރުވާ އަދި އަހަރެމެންގެ ބޮލުގައި އެޅޭނެ ފަޚުރުވެރި ތާޖަކީ ކޮބާހެއްޔެވެ؟ އެއީ ތިޔަބައިމީހުންނެވެ. အခန်းကိုကြည့်ပါ။ |
މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.“
އެހެންވީމާ މަގޭ އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުން ދެކެ ލޯބިވުމުގެ އިތުރުން ތިޔަބައިމީހުން ދުށުމަށް ވެސް ވަރަށް ބޮޑަށް އެދެމެވެ. ތިޔަބައިމީހުން އަހަރެންނަށް އުފާވެރިކަން ގެނެސްދީ ތިޔަބައިމީހުންނާމެދުގައި އަހަރެން ފަޚުރުވެރި ކުރުވުމުގެ ސަބަބުންނެވެ. އެހެންވީމާ، އަހަރެން ކުރިން ވެސް ބުނި ފަދައިން މާތްސާހިބާގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭށެވެ.
ތިޔަބައިމީހުންނަށް އަހަރެން މި ބުނެދެނީ މާތްސާހިބާ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ވިދާޅުވި ޚަބަރުފުޅު ތަކެވެ. މާތްސާހިބާ އެނބުރި ވަޑައިގަންނަވާހިނދު، އަހަރެމެން ފަދައިން ދިރި ދުނިޔޭގައި ތިބި މަސީޙީންނަށް ކުރިން ނިޔާވެފައި ތިބި މަސީޙީންނަށް ވުރެ ކުރިން ގޮސް އެކަލޭގެފާނާއި ބައްދަލެއް ނުކުރެވޭނެއެވެ.
މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ.
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.