Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:17 - ކިތާބުލް މުޤައްދަސާ

17 ކުޑަހިނދުކޮޅަކަށް އަހަރެމެން ތިޔަ އަޚުންނާއި އުޚުތުންނާއި ވަކިކޮށްފައިވީ ނަމަވެސް އަހަރެމެންގެ ވިސްނުން ވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަހަރެމެން އެކަކު އަނެކަކަށް ކުރިމަތިން ފެނި ބައްދަލުވުމަށް ނުހަނު އެދެމުން ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ގަދައަޅައި އަހަރެމެން މަސައްކަތް ކުރީމެވެ!

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:17
16 ပူးပေါင်းရင်းမြစ်များ  

ތިބާގެ ބަފައިކަލުންގެ އަރިހަށް ރަށަށް ދިއުމުގެ ޝައުގުވެރިކަން ތިބާގެ ހިތުގައިވާ މިންވަރު އަހަރެން ދަންނަމު. ނަމަވެސް ތިބާ އަހަރެންގެ ކަލާނގެތައް ވަގަން ނެގީ ކީއްވެ؟⁠“


އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ތިޔަ ބުނި ބުނުން އަހަރެން މިހާރު ގަބޫލުކޮށްފިން. އަހަރެންގެ ދަރިފުޅު ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުންނެވި. އަދި އަހަރެން މަރުވުމުގެ ކުރިން އޭނާ ދުށުމަށް އަހަރެން ދާނަމު.⁠“


އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.⁠“


އޭރު ދާއޫދު ރަސްގެފާނަށް އަމްނޫން މަރުވުމުގެ ހިތާމަ ފިލާވަޑައިގެންފިއެވެ. އެކަމަކު އަބްޝާލޫމް ނެތުމުން އެކަމާ ހިތާމަފުޅު ކުރައްވަން ފައްޓަވައިފިއެވެ.


މިސާލަކަށް ކަލޭ އެމީހަކަށް ދަރާފައިވާ މީހަކު ކަލެއާ ދޭތެރޭ ދައުވާކޮށް ކަލޭ ގޮވައިގެން އިންސާފަށް ދާން ބޭނުންވި. ނަމަވެސް އިންސާފަށް ދިއުމުގެ ކުރިން އޭނާއާއި ސުލްޙަ ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނޫނީ ކަލެއާމެދު ދައުވާކުރި މީހާ މައްސަލަ ޖެއްސުމުން ކަލެއަށް ގާޒީ ޙުކުމް އިއްވާނެ. އެ ޙުކުމުގައި ކަލޭ ބަންދުކުރާނެ.


އެބައިމީހުން ކެއުމުގެ ތެރޭގައި ވަނިކޮށް، އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް އަނިޔާ އާއި ވޭން ލިބުމުގެ ކުރިން ކަލޭމެންނާއި އެކު މިޢީދުގެ ކެއުން ކެއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުން ވީމު.


ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.


އަހަރެން ތިޔަބައިމީހުންނާ ކިތަންމެ ދުރެއްގައި ހުރި ކަމުގައި ވިޔަސް އަހަރެންގެ ރޫޙު މިވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަދި ތިޔަބައިމީހުން އެއްބައިވަންތަކަމާއެކު އަލްމަސީޙަށް ތެދުވެރިވެ އީމާންތެރިކަން މަތީ ސާބިތުވެ ތިބީތީ އަހަރެން އުފާކުރަމެވެ.


ނަމަވެސް ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު، އަހަރެމެންގެ ކައިރިއަށް އެނބުރި އައިސް ތިޔަބައިމީހުންނާއި ބެހޭ ގޮތުން އުފާވެރި ޚަބަރުތައް ދިނެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމާއި ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި މެދު ޚަބަރު ދިނެވެ. ހަމަ އެހެންމެ، ތިޔަބައިމީހުން އަބަދުވެސް އަހަރެމެންގެ މަތިން ހެޔޮ ގޮތުގައި ހަނދުމަ ކުރަމުން ގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި އަހަރެމެން ތިޔަބައިމީހުން ދުށުމަށް އެދޭފަދައިން ތިޔަބައިމީހުން ވެސް އަހަރެމެން ދުށުމަށް އެދޭ ވާހަކަވެސް ބުނެދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ