ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:13 - ކިތާބުލް މުޤައްދަސާ13 އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ. အခန်းကိုကြည့်ပါ။ |
އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.
ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.“
އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ޙަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ
އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.
ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.
އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ.
ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ.
މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.
އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.
އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.