ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:11 - ކިތާބުލް މުޤައްދަސާ11 ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު އަހަރެމެން ހިތިހިތުމަކީ ބަފަޔަކު އެމީހެއްގެ އަމިއްލަ ދަރިންނާއި މެދުގައި ހިތާހިތުން ފަދައިންނެވެ. အခန်းကိုကြည့်ပါ။ |
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.
މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.
މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.