ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:10 - ކިތާބުލް މުޤައްދަސާ10 އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން ވޭތުކުރީ މާތް، ތެދުވެރި، އަދި ބަދުނާމެއް ނެތް ޙަޔާތެކެވެ. މިއީ ތެދު ބުނުމެއް ކަމުގައި ތިޔަބައިމީހުން ހެކިވާނެއެވެ. އަދި ހަމައެހެންމެ، މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެއެވެ. အခန်းကိုကြည့်ပါ။ |
ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.
ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު ހެޔޮބަސްތައް ބުނެ ތިޔަބައިމީހުން ވާވެއްދުމަކަށް އަހަރެމެން މަސައްކަތެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މަކަރުހަދައިގެން ތިޔަބައިމީހުންގެ އަތުގައި ވީ ފައިސާ ހޯދުމަށް އަހަރެމެން މަސައްކަތެއް ނުކުރާކަން ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން މާތްރަސްކަލާނގެވެސް ހެކިވެލައްވާނެއެވެ.
ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ.