ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:9 - ކިތާބުލް މުޤައްދަސާ9 ތިޔަބައިމީހުން އަހަރެމެން ބަލައިގަތްގޮތާއިމެދު އެކި ކަންކޮޅުތަކުގައި ވީ މީސްތަކުން އަހަރެމެންނަށް ބުނެދީފައިވެއެވެ. އަދި ތިޔަބައިމީހުން ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާވެ، ދިރިދެމި ވޮޑިގެންވާ ހަޤީޤީ ރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުން މަތީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދާ ގޮތުގެ ވާހަކަވެސް އެ މީސްތަކުން އަހަރެމެންނަށް ބުނެދީފައި ވެއެވެ. အခန်းကိုကြည့်ပါ။ |
”އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.