Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:6 - ކިތާބުލް މުޤައްދަސާ

6 އެހެންވީމާ، ތިޔަބައިމީހުން މާތް ސާހިބާއާއި އަހަރެމެންނީ ނަމޫނާއެއް ކަމުގައި ބަލައިގަތެވެ. ތިޔަބައިމީހުން ވޭނުގައި ވިކަމުގައި ވިޔަސް ތިޔަބައިމީހުންނަށް އުނގަންނައިދެވުނު ތަކެތި ތިޔަބައިމީހުން ބަލައިގަތީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި އުފާވެރިކަމުގެ ސަބަބުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:6
33 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


އީސާގެފާނަށް އީމާންވީ މީސްތަކުން ވަނީ ވަރަށް އުފާވެރި ކަމުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުގެދަށުގައެވެ.


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަކީ ތިޔަބައިމީހުންނަށް ނަމޫނާއެއް ކަމުގައި ބަލައި އެގޮތުގައި އުޅެމުން ދާށެވެ. އަދި އަހަރެމެން މިސާލެއް ކަމުގައި ބަލައިގެން އުޅޭ މީހުންގެ ގާތުން އުނގެނޭށެވެ.


މާތްރަސްކަލާނގެ ޖަމާޢަތްތަކުގެ މީހުން ގާތުގައި ތިޔަބައިމީހުންނާއި ބެހޭގޮތުން އަހަރެމެން ތަޢުރީފް ކުރަމެވެ. އެއީ ތިޔަބައިމީހުންނަށް ލިބެމުންދާ ހުރިހާ އަނިޔާތަކާއި، ޖެހޭ ދަތި ނިކަމެތި ޙާލަތުތަކުގައި ވެސް ކެތްތެރިކަމާއެކު އެކަންތައް ތަޖުރިބާކޮށް އީމާންތެރިކަމުގައި ދެމިތިބޭތީއެވެ.


އަހަރެމެން އަމަލު ކުރި ފަދައިން ތިޔަބައިމީހުން އަމަލު ކުރާން ޖެހޭނޭކަން ވަރަށް ރަނގަޅަށް ތިޔަބައިމީހުންނަށް އެނގޭނެއެވެ. ތިޔަބައިމީހުންނާއި އެކުގައި އަހަރެމެން ތިބިހިނދު އަހަރެމެންނަކީ ކަންނެތްބައެއް ނޫނެވެ.


ތިޔަބައިމީހުންގެ އެދުރުން ކަމުގައިވާތީ އަގަކާނުލައި އަހަރެމެންނަށް ކާބޯތަކެތި ލިބިދިނުމުގެ ޙައްޤު އަހަރެމެންނަށް ލިބިގެންވިއެވެ. ނަމަވެސް އަހަރެމެން ބޭނުންވީ ތިޔަބައިމީހުންނަށް އަހަރެމެންނަކީ ނަމޫނާއެއް ކަމުގައި ވުމެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އެހެންވީމާ، އެދުވަހުން ތިޔަބައިމީހުން އުފާފާގަތި ކަމުގައިވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އިރުކޮޅަކު ހިތްދަތި ކަމާއި އަދި ވޭނާ މުސީބާތްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސްމެއެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


ތިޔަބައިމީހުން ޝައުގުވެރިކަމާއެކު ރަނގަޅު އަމަލުތައް ކުރާހިނދު، ތިޔަބައިމީހުންނާމެދު އަނިޔާވެރިވާން އެދޭނީ ކާކުހެއްޔެވެ؟


އަހަރެންގެ އިޚުލާސްތެރި އަޚާއެވެ. ނުބައި އެއްވެސް ކަމެއް ނަކަލު ނުކުރާށެވެ. ނަމަވެސް ހެޔޮ ކޮންމެ ކަމެއްމެ ބަލައިގަންނާށެވެ. ހެޔޮ އަމަލު ކުރާ މީހާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެހެނަސް ނުބައި އަމަލުކުރާ ބަޔަކަށް މާތްކަލާނގެއަކީ ކޮބައިކަމެއް ނޭނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ