Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:5 - ކިތާބުލް މުޤައްދަސާ

5 ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:5
60 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން އެކަލޭގެފާނުގެ އަސްޙާބީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޢުޡު އިއްވަމުން ގެންދެވިއެވެ. އަދި މާތްސާހިބާ އެބޭކަލުންނާ އެކުގައި ވަޑައިގެންވެ އެ މުޢުޖިޒާތްތަކުގެ އެހީގައި އެބޭކަލުންގެ ރިސާލަތު ޙަޤީޤަތަކަށް ހައްދަވައި ދެއްވަމުން ގެންދެވިއެވެ.


އިއްޒަތްތެރި ތިޔޯފިލުސްގެ އަރިހަށް، އަހަރެމެންގެ ތެރޭގައި އީސާގެފާނާމެދު ކަންތައްތައް ހިނގާމިދިޔަ ގޮތުގެ ވާހަކަ ފުރިހަމަޔަށް ލިޔެ ބަޔާން ކުރެވޭތޯ އެތައް ބަޔަކު ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.


މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނަށް މި ކަމުގައި އެހީތެރިވެ ދެއްވިއެވެ. އަދި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް މާތްސާހިބާއަށް އީމާންވިއެވެ.


އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.


މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.


އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.


އެހެނަސް މާތްރޫޙުފުޅު، އަހަރެމެންނަށް އަންގަވާދެއްވައި ޔަޤީންކޮށްދެއްވަނީ، އަހަރެމެން އީސާގެފާނަށް އީމާންވުމުގެ ސަބަބުން، މާތްރަސްކަލާނގެ އަހަރެމެންނަށް ރުއްސެވުން ދެއްވާނެ ކަމެވެ.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.


ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެދުން ތިޔަބައިމީހުންނަށް ދެއްވުމާއެކުގައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ މަގުސަދާއި އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އަމަލުކުރުމަށެވެ.


އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.


ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވުމުގައާއި، ދިންނެވުން ދެއްވުމަށްޓަކައި މާތްރަސްކަލާނގެ ބޭނުން ކުރެއްވީ ހެޔޮޚަބަރުފުޅުން އަހަރެމެން އިއްވަމުން ގެންދިޔަ ވަޢުޡުތަކެވެ. އެހެންކަމުން އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޖަލާލަތުކަމުގައި ތިޔަބައިމީހުންނަށް ޙިއްސާ ކުރެވޭނެއެވެ.


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


ހަނދާން ނައްތާނުލަށެވެ. އީސާ އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން އުފަންވެ ވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން ދިރިވަޑައިގެންނެވިއެވެ. އަހަރެން އަންގައިދޭ ހެޔޮޚަބަރުފުޅަކީ މިއީއެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ.


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


ތިޔަބައިމީހުން ޒިންމާ އުފުލަމުން ދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ.


އެހެންވީމާ، މަގޭ އަޚުންނާއި އުޚުތުންނޭވޭ! މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ގޮވާލައްވާ، ތިޔަބައިމީހުން ޚިޔާރު ކުރެއްވި ގޮތާއިމެދު ސާބިތުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި ގޮތުގައި ތިޔަބައިމީހުން ތިބެއްޖެނަމަ ފާފައިގެ ތެރެއަށް ފުރޮޅިގެންނެއް ނުދާނެއެވެ.


އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ