Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:6 - ކިތާބުލް މުޤައްދަސާ

6 ނޯކަރު ބުންޏެވެ. ”⁠މިރަށުގައި ވަރަށް ބޮޑު ނަބީ ބޭކަލަކު އުޅުއްވާނެ. އޭނާ ބުނުއްވާ ބަހެއް ކައްޗާވެއެއް ނުދާނެ. އޭނާގެ ގާތަށް ދަމާ ހިނގާ. ފަހަރުގައި އަހަރެމެން ދާންވީ މަގު އޭނާ ބުނެ ދެއްވަފާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:6
16 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ވަޅުގެ ކައިރިއަށް މިއަދު އާދެވުނު ހިނދު ހަނުހިމޭން ކަމާއިއެކު މިފަދައިން ދުޢާ ދެންނެވީމު. ’⁠މާތްރަސްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނު އަޅުކަން ކުރައްވާ ރަސްކަލާކޮ! އަޅުގެ ސާހިބާގެ ދަރިކަލުންނަށް އަނތްބަކު ހޯދުމަށްޓަކައި އަޅާއަށް މަގުދައްކަވާނދޭވެ.⁠‘


ރަސްގެފާނު އިމާމު ސަދޫގު ކުރެން އެއްސެވިއެވެ. ”⁠ކަލެއަކަށް ނޭނގޭތަ؟ ކަލޭގެ ދަރި އަޚީމައަސްއާއި އަބިޔާތަރުގެ ދަރި ޔޫނަތައިންއާއެކު ސަލާމަތުން ސަހަރު ތެރެއަށް ދޭ.


އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.⁠“


އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން ވޭތުކުރީ މާތް، ތެދުވެރި، އަދި ބަދުނާމެއް ނެތް ޙަޔާތެކެވެ. މިއީ ތެދު ބުނުމެއް ކަމުގައި ތިޔަބައިމީހުން ހެކިވާނެއެވެ. އަދި ހަމައެހެންމެ، މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެއެވެ.


އެބައިމީހުން ކުރި މަސައްކަތާއި މެދު ލޯތްބަކާއިއެކު އެބައިމީހުންނަށް ޚާއްސަގޮތެއްގައި ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ސުލްޙައިގައިވާށެވެ.


ތިމޮތީއެވެ. ތިބާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެއަށެވެ. މިފަދަ ހުރިހާ ޝައިތާނީ ކަންތައްތަކާއި ދުރުހެލިވާށެވެ. އަދި ރަނގަޅު ސާލިޙު ކަންތައްތަކައިގެން އެކަލާނގެ ރުއްސަވާ ގޮތުގައި އުޅޭށެވެ. އެކަލާނގެ މަގުގައި އީމާންތެރިކަމާއި މަޑުމައިތިރިކަމާއި ލޯތްބާއެކު ފުރިހަމައަށް ސާބިތުވެ ހުންނާށެވެ.


މިކަންތައް މިހެން ދަނިކޮށް މާތްކަލާނގެ ފޮނުއްވި ބޭކަލަކު ޢާލީގެ ގާތަށް އައިސް ބުންޏެވެ. ”⁠މިއީ މާތްރަސްކަލާނގެ އެންގެވި އެންގެވުން: ’⁠އިސްރާއީލުގެ މީހުން މިޞްރުގެ ފިރުޢައުނުގެ އަޅުންގެ ގޮތުގައި ތިބި އިރު ކަލޭގެ ކާބަފައިންގެ ގާތަށް ތިމަންކަލާނގެ ފާޅުވެވޮޑިއެއް ނުގަންނަންތަ؟


ނޯކަރު ބުންޏެވެ. ”⁠އަޅުގަނޑުގެ އަތުގައި ކުޑަ ރިހި ލާރިކޮޅެއް އެބަހުރި. އެލާރި ކޮޅު ދީފައި އަހަރެމެން ދާންވީ މަގެއް އޮޅުން ފިލުވިދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ