Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:5 - ކިތާބުލް މުޤައްދަސާ

5 އެންމެ ފަހުން އެމީހުންނަށް ޞޫފުގެ މީހުން އުޅޭ ހިސާބަށް ދެވިއްޖެއެވެ. ޞޫފަށް ދެވުމުން ޝާއުލް އޭނާގެ ނޯކަރަށް ބުންޏެވެ. ”⁠އަނބުރާލާފައި ދާން ހިނގާ. އެހެންނޫނީ ބައްޕަ ހިމާރުތަކަށް ވުރެން ބޮޑަށް އަހަރެމެންގެ މަތިން ފިކުރު ބޮޑުވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:5
7 ပူးပေါင်းရင်းမြစ်များ  

”⁠އެހެންކަމުން، ތިޔަބައިމީހުންނަށް އަހަރެން ބުނަން. ދިރިހުރުމަށް ޓަކައި ބޭނުންވާނޭ ކެއުން ބުއިމާއި މެދު ކަންބޮޑުނުވޭ. ނޫނީ ހަށިގަނޑަށް ބޭނުންވާނޭ ފޭރާމާއި މެދު ވެސް ކަންބޮޑުނުވޭ. ކާނާއަށް ވުރެން ޙަޔާތުގެ މުހިންމުކަން ބޮޑު. އަދި ފޭރާމަށް ވުރެން ހަށިގަނޑުގެ މުހިންމުކަން ބޮޑު.


ފޭރާމާއި މެދު ތިޔަބައިމީހުން ކަންބޮޑުވަނީ ކީއްވެ؟ މާމެލާމެލި ހެދި ބޮޑުވެދާ ގޮތް ނިކަން ދެކިބަލަ. އެތަކެތި އަންނައުނު ވިޔެ ހެދުމުގައި ބުރަ މަސައްކަތެއް ނުކުރޭ.


ވީއިރު މާދަމާގެ ޙާލަތާއިމެދު ތިޔަބައިމީހުން ފިކުރު ބޮޑު ނުކުރޭ. މާދަމާ އައުމުން މާދަމާގެ ޙާލަތާމެދު ފިކުރު ކުރަން މަޑުކުރޭ. މިއަދު އުފުލަން ޖެހިފައިވާ އުނދަގޫ މިއަދަށް ފުދޭނެ.⁠“


ދީނީ މަރުކަޒުތަކުގެ ވެރިންނާ އެހެން ވެސް މަތީ ވެރިންގެ ކުރިމައްޗަށް ކަލޭމެން ގެނެވޭ ދުވަހު ކަލޭމެންގެ ދިފާއުގައި ކުރާނެ ކަމަކާ މެދު ނުވަތަ ބުނާނެ ބަސްތަކާއި މެދު ބިރުނުގަންނާތި.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ.


އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.


މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’⁠ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ