4 ދެން އެމީހުން ގޮސް އަފްރާއީމްގެ ފަރުބަދަމަތީ އަވަށްތައް ކަމުގައިވާ ޝަލީޝާއާއި ޝާލިމުއާއި އަދި ބަންޔާމީންގެ ސަރަހައްދު އެމީހުން ބެއްޔެވެ. މިއިން ތަނަކުން އެ ހިމާރުތަކެއް ނުފެނުނެވެ.
އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮޓޭމިއާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ.
ޔަޙުޔާގެފާނު ޖަލަށް ލެވުމުގެ ކުރީގައި އެކަލޭގެފާނު ޝާލެމްގެ ކައިރީގައިވާ އައިނޯނުގައި މީސްތަކުން ހިނަވަމުން ގެންދެވިއެވެ. އެއީ އެތާނގެ ކޯރުގެ ފެންގަނޑު ބޮޑުވެފައި އަދި އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އަންނަމުން ދިޔައީތީއެވެ.
އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.
އެއްދުވަހަކު ޤައިޝްގެ ހިމާރުތައް ގެއްލިއްޖެއެވެ. އެހެންވެ އޭނާގެ ދަރިފުޅު ޝާއުލްގެ ގާތުގައި ބުންޏެވެ. ”ދަރިފުޅު މިތަނުން ޚާދިމަކު ގޮވައިގެން އެ ހިމާރުތައް ފެނޭތޯ ދޭބަލަ.“