Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:26 - ކިތާބުލް މުޤައްދަސާ

26 އިރު އެރުމާއެކު އެމީހުން ތިރިއަށް ގެނުވިއެވެ. ”⁠ދާން ހިނގާ!⁠“ ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަޅުގަނޑު ތިބޭކަލުން ހިންގަވަންވީ މަގު ދައްކާނަން.⁠“ ދެން ޞަމޫއީލްގެފާނު އެމީހުން ގޮވައިގެން ރަށްބޭރަށް ނުކުމެ ވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:26
6 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


އެބައިމީހުންނަށް އަވަށާއި މާދުރަށް ނުދެވެނީސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުންގެ ފަހަތުންދޭ. އަދި ތިބާ އެބައިމީހުންނާއި ހަމައަށް ދެވުމުން މިފަދައިންބުނޭ. ’⁠ހެޔޮ ކަމުގެ ބަދަލުގައި ތިޔަފަދަ ނުބައިކަމެއް ތިޔަ ކުރީ ކީއްވެ؟


ކެއުން ނިމުނީމާ އެ އަޅުކަމުގެ އުސް މަޤާމުން ފައިބައިގެން ޞަމޫއީލްގެފާނު އެ މީހުން ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އަދި ގޭގެ މަތީބުރީގައި ވާހަކަ ދައްކަން ތިއްބެވިއެވެ. އެރޭ އެމީހުން ނިންދެވީ އެތާނގައެވެ.


ރަށްބޭރަށް ނުކުމެވުމުން ޞަމޫއީލްގެފާނު ޝާއުލްއަށް ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ނޯކަރު ގާތު ބުނުއްވާ ކުރީގައި ހުރެގެން ދާށޭ. ކަލޭގެފާނު އަހަރެންގެ ގާތުގައި މިތާ މަޑުކުރައްވާ. ކަލޭގެފާނު ގާތު މާތްކަލާނގެ އެންގެވި އެންގެވުމުގެ ވާހަކަ އަހަރެން ބުނާނަން.⁠“ ދެން ޚާދިމު ހިނގައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ