Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:25 - ކިތާބުލް މުޤައްދަސާ

25 ކެއުން ނިމުނީމާ އެ އަޅުކަމުގެ އުސް މަޤާމުން ފައިބައިގެން ޞަމޫއީލްގެފާނު އެ މީހުން ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އަދި ގޭގެ މަތީބުރީގައި ވާހަކަ ދައްކަން ތިއްބެވިއެވެ. އެރޭ އެމީހުން ނިންދެވީ އެތާނގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:25
9 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.


އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ.


ގޭގެ ފުރާޅުމަތީގައި ހުރި މީހަކުނަމަ ގޭތެރޭގައި ހުރި އެއްޗެއް ބަލާވެސް ތިރިއަށް ނުފައިބާތި.


ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން އެމީހާ ގޮވައިގެން ފުރާޅު މައްޗަށް އަރާ ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ އީސާގެފާނުގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ.


އަނެއް ދުވަހުގެ މެންދުރު މިމީހުން ޖައްފާއާއި ވަރަށް ކައިރިވެފައި ވަނިކޮށް ޕަތަރަސް އޭނާ ހުރި ގޭގެ މައްޗަށް އަރާ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކައި އިނެވެ.


އިރު އެރުމާއެކު އެމީހުން ތިރިއަށް ގެނުވިއެވެ. ”⁠ދާން ހިނގާ!⁠“ ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަޅުގަނޑު ތިބޭކަލުން ހިންގަވަންވީ މަގު ދައްކާނަން.⁠“ ދެން ޞަމޫއީލްގެފާނު އެމީހުން ގޮވައިގެން ރަށްބޭރަށް ނުކުމެ ވަޑައިގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ