18 އެމީހުންނަށް އަވަށުގެ ދޮރާށިދޮށުން ޞަމޫއީލްގެފާނު ފެނިގެން އަހައްޕެވެ. ”މިރަށުގެ ކަހީނު އުޅުއްވަނީ ކޮން ތަނެއްގައި ތޯ؟“
ޞަމޫއީލްގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އިއްޔެ ކަލޭގެ ގާތު ބުނީ މީނާގެ ވާހަކަ. މިއީ ތިމަންކަލާނގެ މީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކީ.“
ޞަމޫއީލްގެފާނު ޖަވާބު ދެއްވިއެވެ. ”އެ ކަހީނަކީ އަހަރެން. ކުރިއަށް އަރައިގެން އަޅުކަމުގެ މަޤާމަށް ހިންގަވާ. މިއަދު ތި ބޭކަލުން ކޭން ބައްލަވަންވާނީ އަހަންނާ އެކު. މާދަމާ ހެނދުނު ތިބޭކަލުން ތިޔަ އޮޅުންފިލުއްވަން އުޅުއްވާ ހުރިހާ ކަމެއް ބުނެދޭނަން.