Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:16 - ކިތާބުލް މުޤައްދަސާ

16 ”⁠މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:16
17 ပူးပေါင်းရင်းမြစ်များ  

މިހާރު މިއޮތީ އެދުވަސް އައިސްފައި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ދާއޫދުގެފާނު މެދުވެރި ކުރައްވައި ފިލިސްޠީނުންނާއި އިސްރާއީލުގެ އެހެނިހެން ވެސް އަދާވާތްތެރިންގެ ކިބައިން އިސްރާއީލް ރައްކާތެރި ކޮށްދެއްވާނެ ކަމަށް.⁠“


ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.


ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.


ދެން ޝާއުލްގެފާނު އަރިހުގައި ތިބި ލަޝްކަރު ރުކުރުވާލައި ހަނގުރާމައަށް ނުކުމެއްޖެއެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރަށް އޮޅުން އަރާފައިވާ ވަރުން އެމީހުންގެ ކަނޑިތަކުން އެކަކު އަނެކަކަށް ވެސް ހަމަލަ ދެމުން ގެންދެއެވެ.


އެ ދުވަހު މާތްރަސްކަލާނގެ އިސްރާއީލުންނަށް ނަސްރު ދެއްވައި ހަނގުރާމަ ބައިތު އާވިން ފަހަނަޅައި ދިޔައެވެ.


އެއްދުވަހަކު ޞަމޫއީލްގެފާނު ޝާއުލްގެފާނު ގާތު ވިދާޅުވިއެވެ. ”⁠އަހަރެން މީ ކަލޭގެފާނު އިސްރާއީލުގެ މައްޗަށް ވެރިކޮށް ރަސްކަން ދޭން މާތްރަސްކަލާނގެ ފޮނުއްވި މީހާ. މިހާރު ކަލޭގެފާނަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އެންގެވި އެންގެވުން އަޑުއަހާ.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ދެން ޔައްސާއަށް އެ ޤުރުބާނީއަށް ދައުވަތުދީ. ތިމަންކަލާނގެ ދައްކަވާ މީހެއްގެ ބޮލަށް ތެޔޮއަޅާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ