15 ޝާއުލް އައުމުގެ އެއްދުވަސް ކުރީގައި މާތްރަސްކަލާނގެ ވަނީ ޞަމޫއީލްގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ.
އޭ މާތްރަސްކަލާނކޯ! އިސްރާއީލުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނކޮ! މިއަޅާއަށް އިނބަރަސްކަލާނގެ މިހެން އަންގަވައިފި: ’ކަލެއަށް ތިމަންކަލާނގެ ރަސްމަތިފުށެއް ދެއްވާނަމޭ.‘ އެހެންކަމުން މިއަޅާއަށް މި ދުޢާ އިނބަރަސްކަލާނގެއަށް ދެންނެވުމުގެ ހިތްވަރު ލިބިއްޖެ.
ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.
އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި.
އެއްދުވަހަކު ޞަމޫއީލްގެފާނު ޝާއުލްގެފާނު ގާތު ވިދާޅުވިއެވެ. ”އަހަރެން މީ ކަލޭގެފާނު އިސްރާއީލުގެ މައްޗަށް ވެރިކޮށް ރަސްކަން ދޭން މާތްރަސްކަލާނގެ ފޮނުއްވި މީހާ. މިހާރު ކަލޭގެފާނަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އެންގެވި އެންގެވުން އަޑުއަހާ.
ޔޫނަތައިން ބުންޏެވެ. ”ތިޔަ ބުނީއަކީ ރަނގަޅަކަށް ނޫން. އަހަރެންގެ ބައްޕަ ކަލޭ މަރާލަން އުޅުއްވާ ނަމަ އެވާހަކަ އަހަރެންގެ ގާތު ވިދާޅު ނުވެއެއް ނުހުންނަވާނެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް ބޮޑު ކަމެއް ވިޔަސް ބައްޕަ ކުރައްވާނީ އަހަރެންގެ ގާތު ވިދާޅުވެފަ. ބައްޕަ ނޫޅުއްވާ ކަލޭ މަރާލާކަށް.“
ޝީލޫހުގައި މާތްރަސްކަލާނގެ ޞަމޫއީލަށް ފެނިދެނިވެ ވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ސީދާ ޞަމޫއީލަށް ބަސްފުޅު ވަޙީކުރައްވަމުން ގެންދެވިއެވެ.
ދެން އެދެމީހުން ރަށުތެރެއަށް ދާން ދަނިކޮށް ޞަމޫއީލްގެފާނު ދޮރާށިން ނިކުމެ ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނިއްޖެއެވެ.
ޞަމޫއީލްގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އިއްޔެ ކަލޭގެ ގާތު ބުނީ މީނާގެ ވާހަކަ. މިއީ ތިމަންކަލާނގެ މީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކީ.“