Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:11 - ކިތާބުލް މުޤައްދަސާ

11 އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ފެންބަލާ ދާތަން ފެނިއްޖެއެވެ. މިމީހުން އެކުދިން ކުރެން އެއްސެވެ. ”⁠މިރަށުގެ ކަހީނު ކަލޭގެފާނު މިތާ އެބަ އުޅުއްވާތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:11
9 ပူးပေါင်းရင်းမြစ်များ  

އޭނާ އެތަކެއް ދުވަހު ދަތުރު ކުރަމުންގޮސް ހަވީރު ވަގުތެއްގައި އެ ސަހަރުގެ ރަށްބޭރުގައިވާ ވަޅުގެ ކައިރިއަށް ފޯރައިފިއެވެ. ދެން އޭނާގެ ޖަމަލުތައް ވަޅުގެ ކައިރީ އެއްފަރާތުގައި ބަނޑު ޖައްސުވައިގެން ހުއްޓެވެ. އެވަގުތަކީ ސަހަރުގެ ފުރާވަރުގެ އަންހެންކުދިންތައް އެ ވަޅުގެ ކައިރިއަށް ފެންބަލާ އަންނަ ވަގުތު ވެސް މެއެވެ.


ޚާދިމުކަލޭގެ ދުޢާކޮށް ނިމުމުގެ ކުރިން ބަތޫއީލްގެ އަންހެންދަރި ރިފްޤާ ބަނޑިޔަލެއް ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައެވެ. (މި ރިފްޤާގެ ބައްޕަ ބަތޫއީލް އަކީ އިބްރާހީމްގެފާނުގެ ކޮއްކޮ ނާޙޫރު އާއި މަލްކަތުގެ ދަރިއެކެވެ.)


ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠ދެންތިބި ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތައް ގެނެސް ޖަމާކުރަންދެން އަހަރެމެން މަޑުކުރަންޖެހޭ. އެއީ ވަޅުމަތީގައިވާ ހިލަ ފުރޮޅާލެވުމުގެ ކުޅަދާނަކަމެއް ލިބެނީ އަހަރެމެން އެންމެން އެއްތަން ވުމުން. އޭގެ ފަހުން އަހަރެމެންގެ ޖަނަވާރުތަކަށް ފެންދެވޭނީ.⁠“


ޔަޢުޤޫބުގެފާނު އެބައިމީހުންނާއި ވާހަކަ ދައްކަން ހުންނަވަނިކޮށް ރާޙީލް އޭނާގެ ބައްޕަގެ ކަންބަޅިތަކާއިގެން އެތަނަށް އައެވެ. އެހެނީ ކަންބަޅިތައް ބެލެހެއްޓުމަކީ އޭނާ އާއި ޙަވާލުވެފައިވާ މަސައްކަތެވެ.


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


ތެދުވެރިޔާގެ ގެއިން ވައްކަން ކުރަން ވަންނަން ނުދާށެވެ. ޞާލިޙު މީހާގެ ގެއަށް ވަދެގަނެ އެގޭގެ ހުރުމަތް ނުކަނޑާށެވެ.


”⁠ބަރާބަރު!⁠“ ޝާއުލް ބުންޏެވެ. ”⁠ހިނގާ ދަމާ.⁠“ ދެން އެމީހުން އެބުނާ ކަލޭގެފާނަކު އުޅުއްވާ އަވަށަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ