Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 9:1 - ކިތާބުލް މުޤައްދަސާ

1 ޤައިޝް އަކީ ބަންޔާމީންގެ ދަރިކޮޅުން އައިސް ހުރި މީހެކެވެ. އޭނާއަކީ އަފީޙަ ދަރި ބަކޫރަތުގެ ދަރި ސަރޫރަގެ ދަރި އަބިޔީލްގެ ދަރިއެކެވެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ ބޮޑެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 9:1
9 ပူးပေါင်းရင်းမြစ်များ  

ބަރުޒިއްލާއިއަކީ ވަރަށް މުސްކުޅި މީހެކެވެ. އޭނާއަކީ އަށްޑިހަ އަހަރު ވެފައި ހުރި މީހެކެވެ. ދާއޫދުގެފާނު މަޙަނާއިމުގައި ހުންނެވި އިރު އޭނާ އެކަލޭގެފާނަށް ފަރިއްކޮޅާއި އެނޫން ވެސް ތަކެތި ގެނެސް ދީ ހެދިއެވެ. އޭނާއަކީ މުދާވެރިއެއް ވެސް މެއެވެ.


ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.


ޝާއުލްގެފާނު ފިއްލަވައި އޮންނަވަނިކޮށް މީހުން ގޮސް އެކަލޭގެފާނު ގެންނަވައިފިއެވެ. އެކަލޭގެފާނު އެއެންމެންނަށް ވުރެން އެއް ފޫޓު ދިގެވެ.


ޝާއުލްގެފާނުގެ ބައްޕަ ޤައިޝްއާއި އަބްނައިރުގެ ބައްޕަ ނައިރު އަކީ އަބިޔީލްގެ ދަރިންނެވެ.


އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކާލިބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ