Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 8:8 - ކިތާބުލް މުޤައްދަސާ

8 އެމީހުން އެ ބުނާ ގޮތެއް ހަދައިދީ. ތިމަންކަލާނގެ އެމީހުން މިޞްރުން ސަލާމަތް ކޮށް ދިން ދުވަހުން ފެށިގެން ވެސް އެމީހުން އެހެން ކަލުންތަކަށް އަޅުކަންކޮށް ތިމަންކަލާނގެއާ ދެކޮޅުވެރި ވެގެންފި. އެމީހުން ކަލެއާ މެދު ވެސް ކަންތައް ކުރަން އެ އުޅެނީ އެ ގޮތަށް.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 8:8
22 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.⁠“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”⁠އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.⁠“


އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”⁠އަހަރެމެންނަށް ބޯފެން ދީ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަންނާ ތިޔަ ޝަކުވާ ކުރަނީ ކީއްވެތަ؟ ކަލޭމެން މާތްރަސްކަލާނގެ އިމްތިޙާނު ކުރަން ތިޔަ އުޅެނީ ކީއްވެތަ؟⁠“


މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“


މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.


އެމީހުން އެދޭގޮތް ހަދާ ދިނުމުގެ ކުރީން އެމީހުން ރަސްކަލަކު އިސްކުރީމާ ކަންތައް ވާނެ ގޮތްތަކާމެދު ގަދަޔަށް އިންޒާރު ދީ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ