1 ޞަމޫއީލް 8:7 - ކިތާބުލް މުޤައްދަސާ7 މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“
މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.“