1 ޞަމޫއީލް 8:6 - ކިތާބުލް މުޤައްދަސާ6 މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. အခန်းကိုကြည့်ပါ။ |
މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.“