Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 8:5 - ކިތާބުލް މުޤައްދަސާ

5 އެމީހުން ބުނެއްޕެވެ. ”⁠މިއަދު ކަލޭ ތިހިރީ އަޖޫޒުވެފައި. ކަލޭގެ ދަރިން ކަލޭ ދެއްކި މަގަކުން ނުހިނގި. އެހެނިހެން ޤައުމުތައް ވެސް ފަދައިން އަހަރެމެންގެ މައްޗަށް ވެސް ވެރިކަން ކުރާނެ ރަސްކަލަކު ހަމަޖައްސައިދީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 8:5
12 ပူးပေါင်းရင်းမြစ်များ  

ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.


މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.⁠“


ނިކަން ދެކެބަލަ. މިހުންނެވީ ކަލޭމެން ކަލޭމެންގެ މައްޗަށް އިސްކޮށްފައިވާ ރަސްގެފާނު. ކަލޭމެން އެދުނު ފަދައިން މާތްރަސްކަލާނގެ މިވަނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދެއްވާފައި.


މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.⁠“


އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން.


ތިބޭކަލުން ތިން ދުވަސް ވަންދެން ނުފެނިގެން ތިޔަ ހޯދާ ހިމާރުތަކާ މެދު ފިކުރު ނުކުރޭ. އެހެނީ މުޅި ބަނީއިސްރާއީލުގެ މީހުން ވަނީ ކަލޭގެފާނާއި ކަލޭގެފާނުގެ ގޭގެ މީހުންނަށް އެހީތެރިކަމަށް ބޭނުން ޖެހިފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ