1 ޞަމޫއީލް 8:4 - ކިތާބުލް މުޤައްދަސާ4 މިހެންވެ އިސްރާއީލުގެ ބޮޑުން އެއްވެ މަޝްވަރާ ކުރުމަށް ފަހު މި ޚަބަރާއިގެން ރާމާއަށް ގޮސް ޞަމޫއީލްގެ ގާތަށް ދިޔައެވެ. အခန်းကိုကြည့်ပါ။ |
އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.
ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.