Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 8:3 - ކިތާބުލް މުޤައްދަސާ

3 އެހެނަސް މި ދެބޭން ބައްޕަގެ ފިޔަވަޅުގެ މަތީގައި ހިނގަމަކުން ނުދިޔައެވެ. އެމީހުން ވެރިންގެ ގޮތުގައި ތިބެ ނާޖާއިޒް ފައިދާ ނަގައި ރިޝްވަތަށް އިންސާފު ވިއްކަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 8:3
18 ပူးပေါင်းရင်းမြစ်များ  

އަބްޝާލޫމް އަދި މިހެން ވެސް ބުނެއެވެ. ”⁠އަހަރެން މި ޤައުމުގެ ފަނޑިޔާރެއް ނަމަ ކިހާ ރަނގަޅު! އޭރުން އަހަރެންގެ ގާތަށް އަންނަ އެންމެންގެ މަސްއަލަތައް ހައްލު ކޮށްދީ އެމީހުންގެ މައްޗަށް އިންސާފު ގާއިމުކޮށްދޭނަން.⁠“


އެމީހުންގެ ތެރޭން މާތްކަލާނގެއަށް ބިރުވެތިވާ ތެދުވެރި ރިޝްވަތު ނުހިފާ ބަޔަކު ޚިޔާރު ކޮށް ކޮންމެ އެއްހާސް މީހެއްގެ މައްޗަށާއި ސަތޭކަ މީހެއްގެ މައްޗަށާއި ފަންސާސް މީހެއްގެ މައްޗަށް އަދި ކޮންމެ ދިހަ މީހެއްގެ މައްޗަށް އޭގެ ތެރޭން މީހަކު އިސްކުރޭ.


ނިކަމެއްޗަކަށް ވީތީ އޭނާއަށް ޝަރީޢަތުގައި ލިބެންޖެހޭ އިންސާފަށް ހުރަސްނާޅާތި.


ރިޝްވަތު ނުހިފާތި. އެހެނީ ރިޝްވަތަކީ ތިމާގެ ލޯ ޙަޤީޤަތާމެދު ކަނު ކޮށްލާ އެއްޗެއް. ރިޝްވަތަކީ ތެދުވެރިޔަކަށް ވެސް ޙަޤީޤަތް އޮޅުވާލާ އެއްޗެއް.


އޭނާ އަކީ މަސްތުވުމާއި އަނިޔާވެރިކަމާއި މަޖުބޫރުން ކަންތައްތައް ކުރުވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އޭނާއަކީ ހިތްހެޔޮ އަރާރުމަށް ލޯބިނުކުރާ އަދި ފައިސާ އާއި މުދަލަށް ދަހިވެތި ވެގެންނުވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ.


ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.


އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން.


އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ