13 ކަލޭމެންގެ އަންހެންދަރިން ލައްވައި އަތަރު ހައްދައި ކައްކުވައި ހެދިކާ ހައްދަން ޖައްސާނެ.
އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ.
އަދި ކަލޭމެންގެ އެންމެ ރަނގަޅު މޭބިސްކަދުރު ޒައިތޫނި ދަނޑުފަނގު އަތުލައި އެމީހުންގެ އަރިސް މީސްމީހުންނަށް ދޭނެ.