7 އިސްރާއީލުގެ މީހުން މިޞްފާތަށް ޖަމާވެގެން އުޅޭ ޚަބަރު އިވުމުން އެމީހުންނާ ހަނގުރާމައަށް ނުކުތުމަށް ފިލިސްޠީނުގެ ވެރިން ނިންމައިފި އެވެ. މި ޚަބަރު ލިބުމުން އިސްރާއީލުގެ މީހުން ބިރުގެންފިއެވެ.
ފިރުޢައުނުގެ ލަޝްކަރު އަންނަތަން ފެނުމުން އިސްރާއީލީން ކަންބޮޑުވެ ތެޅިފޮޅިގެންފިއެވެ. އެމީހުން ގަދަ އަޑުން މާތްރަސްކަލާނގެއަށް ގޮވައި ރޮއިހޭރެން ފަށައިފިއެވެ.
އިސްރާއީލުގެ މީހުންނަށް މި ލަޝްކަރު ފެނުމުން އެމީހުންނަށް ގަދަ ނުވެވޭނެކަން ވިސްނިގެން ވަލުތެރެއަށާއި ހޮހަޅައަށާއި ގާ ގަލުގެ ފުރަގަހަށާއި ވަޅު ވަޅަށް ފައިބައި ފިލައްޕެވެ.
ޝާއުލްގެފާނާއި އިސްރާއީލީންނަށް ފިލިސްޠީނުންގެ މިވާހަކަތަކުގެ އަޑު އިވުމުން މިވެރިން ވަރަށް ބިރުގެންފިއެވެ.