Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 7:6 - ކިތާބުލް މުޤައްދަސާ

6 ދެން އިސްރާއީލުގެ މީހުން މިޞްފާތަށް ގޮސް ވަޅުން ފެން ނަގައި ޤުރުބާނީއެއްގެ ގޮތުގައި އެ ފެން އޮއްސައި ހެދިއެވެ. އެދުވަހު އެމީހުން ތިބީ ރޯދައަށެވެ. އެމީހުން ބުނަމުން ގެންދިޔައެވެ. ”⁠އަހަރެމެންނީ މާތްރަސްކަލާނގެ ކިބަޔަށް ފާފަ ކޮށްފައިވާ މީހުން.⁠“ އެދުވަހު ޞަމޫއީލް ހުރީ މިޞްފާތުގައި އެމީހުންގެ އިސް ވެރިއެއްގެ ގޮތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 7:6
47 ပူးပေါင်းရင်းမြစ်များ  

އަދި ލަބާން މިފަދައިން ބުނިވެސް މެއެވެ. ”⁠މި ހިލަފުނި މާނަކޮށްދެނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ވަކިވެގެން ދިޔަކަމުގައިވިއަސް މި ސުލްޙައިގެ މުޢާހަދާއަށް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވާނެކަން.⁠“ މިތަނަށް ”⁠މިޞްފާތު⁠“ އޭ ވެސް ކިޔައެވެ.


އަހަރެމެން އެންމެން ދުވަސްކޮޅަކުން މަރުވެދާނެ. އަހަރެމެން އެންމެންނަކީ ބިމަށް އޮއްސާލާ ފެނެކޭ އެއްގޮތް ބަޔަކީމު. އެކަކަށް ވެސް ބިމުން އެ ފެނެއް ނުނެގޭނެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނޫންތޯ، މާތްރަސްކަލާނގެ ވެސް މީހާ މުޅިއަކުން ނައްތައެއް ނުލައްވާ. ކޮންމެވެސް ދުވަހަކުން އެކަލާނގެ އަލުން އޭނާ ގެންނަވާނެ ގޮތެއް ހައްދަވާ.


އަހަރެން އެނބުރި ބައްޕަގެ ކައިރިއަށް ދާންވީއޭ. އަދި ބައްޕައަށް ބުނާނަމޭ. ބައްޕާއޭ. އަހަރެން ބައްޕައާއި އަދި މާތްރަސްކަލާނގެއާއި ދެކޮޅުވެ ފާފަ ކޮށްފީމޭ.


ޞަމޫއީލްގެފާނު އިސްރާއީލީންގެ އެންމެން މާތްރަސްކަލާނގެ ޙަޟްރަތަށް، މިޞްފާތަށް އެއްވުމަށް އެންގެވިއެވެ.


ދެން ކަލޭމެންގެ ކާބަފައިން މާތްރަސްކަލާނގެ އަށް ދެންނެވި. ތިމަންމެންނަށް ފާފަ ކުރެވިއްޖެއޭ. ތިމަންމެން ބަޢަލް ކަލާނގެއާއި ޢަޝްތާރޫތު ކަލާނގެތަކަށް އަޅުކަން ކޮށްފީމުއޭ. މި މުސީބާތުން ސަލާމަތް ކޮށް ދެއްވާށޭ. ތިމަންމެން އިނބަރަސްކަލާނގެއަށް އަޅުކަން ކުރާނަމޭ.


ޞަމޫއީލްގެ މުޅި އުމުރުގައި އިސްރާއީލުންގެ ވެރިޔަކަށް ހުއްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ