5 ދެން ޞަމޫއީލް ބަނީއިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގެވިއެވެ. ”ކަލޭމެން އެންމެން މިޞްފާތަށް އެއްވޭ. އަހަރެން ކަލޭމެންނަށްޓަކައި ދުޢާ ދަންނަވާނަން.“
އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.“
އަދި ލަބާން މިފަދައިން ބުނިވެސް މެއެވެ. ”މި ހިލަފުނި މާނަކޮށްދެނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ވަކިވެގެން ދިޔަކަމުގައިވިއަސް މި ސުލްޙައިގެ މުޢާހަދާއަށް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވާނެކަން.“ މިތަނަށް ”މިޞްފާތު“ އޭ ވެސް ކިޔައެވެ.
ޞަމޫއީލްގެފާނު އިސްރާއީލީންގެ އެންމެން މާތްރަސްކަލާނގެ ޙަޟްރަތަށް، މިޞްފާތަށް އެއްވުމަށް އެންގެވިއެވެ.
މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.“
އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން.
ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”އިބްނު ޢާޒަރު“ އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.“
އަދި ކޮންމެ އަހަރަކު ބައިތުއީލް އިން ޖިލްޖާލު އިން މިޞްފާތަށް ބުރުޖަހައި އެމީހުންގެ މައްޗަށް ފަޑިޔާރުކަން ކުރެއްވިއެވެ.
ދެން އިސްރާއީލުގެ މީހުން އެމީހުންގެ ބަޢަލް ކަލާނގެތަކާއި ޢަޝްތާރޫތު ބުދުތައް އެއްލާލާފައި ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަން ފަށައިފޫއެވެ.
މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ.