Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 7:3 - ކިތާބުލް މުޤައްދަސާ

3 މިހެންވެ ޞަމޫއީލް އިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގިއެވެ. ”⁠ކަލޭމެން ހިތުގެ އަޑިން މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވާން ބޭނުންނަމަ ކަލޭމެން ތިޔަ ގެންގުޅޭ އެހެނިހެން ކަލުންނާއި ޢަޝްތާރޫތުގެ ސޫރަތައް ދޫކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެކަނި އަޅުކަން ޚާލިސް ކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 7:3
40 ပူးပေါင်းရင်းမြစ်များ  

އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ.


އިންސާނާ ކުރަނީ ތަދުބީރެވެ. ފަހުބަސް އިއްވަވާނީ މާތްރަސްކަލާނގެއެވެ.


’⁠މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ. އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ވަރަށް ދުރުގައޭ.


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.⁠“


އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ. ”⁠ބާވައިލެއްވިގެން ވަނީ މިފަދައިން: ’⁠ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ. އަދި އީމާންވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ.⁠‘⁠“


އެއީ މާތްރަސްކަލާނގެއަކީ ރޫޙާނީ ފަރާތެއް. އެހެން ކަމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން ވެސް އަޅުކަން ކުރަންވާނީ ރޫޙުފުޅު ދައްކަވާ ތެދުމަގުން.⁠“


އެމީހުން ޝާއުލްގެފާނުގެ ދަހަނާ ކޮޅު ޢަޝްތާރޫތު ފައްޅީގެ ތެރޭ އެލުވައިފިއެވެ. އަދި ޝާއުލްގެފާނުގެ ހަށިކޮޅު ބައިތު ޝާންގެ ފާރުގައި އަޅުވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ