1 ޞަމޫއީލް 7:2 - ކިތާބުލް މުޤައްދަސާ2 ޢަހުދުނާމާ ފޮށިކޮޅު ވިހި އަހަރުގެ ދިގު މުއްދަތަކަށް ޤަރްޔަތު ޔަޢާރީމުގައި ހުއްޓެވެ. މިދުވަސްވަރު އިސްރާއީލުގެ މީހުން މާތްރަސްކަލާނގެ ކިބަފުޅަށް މޮޅިވެރިކަން ހުށަހަޅައި އެކަލާނގެ އެހީތެރިކަމަށް ބޭނުންވަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
މިހެންވެ ޞަމޫއީލް އިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގިއެވެ. ”ކަލޭމެން ހިތުގެ އަޑިން މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވާން ބޭނުންނަމަ ކަލޭމެން ތިޔަ ގެންގުޅޭ އެހެނިހެން ކަލުންނާއި ޢަޝްތާރޫތުގެ ސޫރަތައް ދޫކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެކަނި އަޅުކަން ޚާލިސް ކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާނެ.“