Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 7:17 - ކިތާބުލް މުޤައްދަސާ

17 އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށްވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލުގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 7:17
18 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”⁠އީލު އިލާހު އިސްރާއީލު⁠“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.


އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”⁠ބައިތުއީލްގެ މާތްކަލާނގެ⁠“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.


އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.


އޭގެ އަނެއްދުވަހު ވަރަށް ހެނދުނާ އެ އާއިލާގެ އެންމެން އެކުގައި ތެދުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި ރާމާއަށް ހިނގައްޖެއެވެ. އޭގެ ފަހުން އަލްޤާނާ އޭނާގެ އަންހެނުން ޙައްނާއާ އެކު ރޭކުރިއެވެ. މާތްރަސްކަލާނގެ ޙައްނާގެ މަތިން ހަނދުމަފުޅު ކުރެއްވިއެވެ.


ދެން އެންމެން ޖިލްޖާލަށް ގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި އެރަށުގެ ރަސްކަމަށް ޝާއުލް އިސްކޮށްފި އެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ހުށަހަޅައި އިސްރާއީލުގެ އެންމެންނާއި ޝާއުލް އުފާ ފާޅުކުރަމުން ގެންދިޔައެވެ.


ދެން ޝާއުލްގެފާނު އެތަނުގައި މާތްރަސްކަލާނގެއަށް ޤުރުބާނީ ހުށަހަޅާނެ އައްޓެއް ތައްޔާރު ކުރެއްވިއެވެ. މިއީ އެކަލޭގެފާނު މާތްރަސްކަލާނގެއަށް ޓަކައި ހެއްދެވި ފުރަތަމަ ޤުރުބާނީ އައްޓެވެ.


ދެން ޞަމޫއީލްގެފާނު ރާމާއަށް އެނބުރި ވަޑައިގެންފިއެވެ. ޝާއުލްގެފާނު ޖިބްޢާގައި ހުންނަ އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންފިއެވެ.


އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ.


މިހާރު ޞަމޫއީލްގެފާނު އަވަހާރަވެ އިސްރާއީލީން އެކަމާ ހިތާމަކޮށް އެކަލޭގެފާނު ރާމާގައި ވަނީ ވަޅުލާފަ އެވެ. ޝާއުލްގެފާނު ވަނީ ހުރިހާ ފާލުބަލާ މީހުންނާއި ސިހުރުވެރިން އިސްރާއީލުގެ ރަށްތަކުން ފައްސާލައްވާފަ އެވެ.


މިހެންވެ އިސްރާއީލުގެ ބޮޑުން އެއްވެ މަޝްވަރާ ކުރުމަށް ފަހު މި ޚަބަރާއިގެން ރާމާއަށް ގޮސް ޞަމޫއީލްގެ ގާތަށް ދިޔައެވެ.


އެކުދިން ބުންޏެވެ. ”⁠އާނ. އެކަލޭގެފާނު އެހެރެ ފެންނަނީ ތިބޭކަލުންގެ ކުރިމަތީގައި. އަވަހަށް ދުރުވޭ. އެކަލޭގެފާނު މިރަށަށް މިއަދު އެ ވަޑައިގެންނެވީ ޤުރުބާނީގެ ކަންތަކުގައި. މިހާރު ޤުރުބާނީ ކަތިލައި އަޅުކަން ކުރުމަށް މަޤާމުފުޅަށް މީހުން އެއްވަމުން އެބަދޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ