Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 6:6 - ކިތާބުލް މުޤައްދަސާ

6 މިޞްރުގެ މީހުންނާއި ފިރުޢައުނު ފަދައިން ގޮތް ދޫނުކުރަން ނޫޅޭ. މާތްކަލާނގެ އެމީހުންނަށް އެތައް މުސީބާތެއް ކުރިމަތި ކުރެއްވީމާ އެންމެފަހުން އިސްރާއީލުގެ މީހުން ދާނެތަނަކަށް ދާން އެމީހުން ދޫކޮށެއް ނުލައްވާ ތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 6:6
16 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.


އަހަރެން މިޞްރު މީހުންގެ ގޮތްދޫނުކުރާނެހެން ހަދާނަން. އޭރުން އެމީހުން ކަލޭމެންގެ ފަހަތުން ދާނެ. ފިރުޢައުނަށާއި އޭނާގެ ސިފައިންނާއި އަސްވާރުންނާއި އަސްގާޑިޔާތަކުގެ މައްޗަށް ފަތަޙަ ހޯދުމުން އެކަމުގެ ސަބަބުން އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އުފުލިގެންދާނެ.


ދެން މިޞްރުގެ ލަޝްކަރުގައި ތިބި ފިރުޢައުނުގެ އަސްތަކާއި އަސްވާރުންނާއި އަސްގާޑިޔާތައް އިސްރާއީލީން ފަހަތުން އަންނަން ފަށައިފިއެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.


އެވަރުން ވެސް ފިރުޢައުނުގެ ގޮތްދޫނުކުރުން ކުޑައެއް ނުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވާފައިވާ ފަދައިން، އެދެބޭކަލުން ވިދާޅުވި ބަސްފުޅު ފިރުޢައުނު ގަބޫލުފުޅެއް ނުކުރެއްވިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ވަރަށް ބޯ ހަރުވާނެ. އޭނާ އެމީހުން ދިޔަކަ ނުދޭނެ.


ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.


އެކަމަކު މިފަހަރު ވެސް ރަސްގެފާނުގެ ގޮތްކޮޅެއް ދުލެއް ނުކުރެއްވިއެވެ. ހަމަހިލާ އެމީހުން ދިޔަކަ ނުދެއްވިއެވެ.


އެކަމަކު އެކަންތައް ތިމަން ކަލާނގެ ނުކުރައްވައި މިހުންނެވީ ވަކި މަގުސަދަކަށްޓަކައޭ. އެއީ ތިމަންކަލާނގެ ކުޅަދުންވަންތަކަން މަނިކުފާނަށް ދައްކަވައި ތިމަންކަލާނގެ ނަންފުޅު ދުނިޔޭގައި ދެންތިބިހާ ބަޔަކަށް ދައްކަވައި ހާމަ ކުރެއްވުމަށޭ.


އެ ވަރުގަދަ ތޫފާނު ހިމޭންވެގެން ދިޔަތަން ފިރުޢައުނަށް ފެނި ވަޑައިގަތުމުން ވެސް، އެރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުން އަނެއްކާވެސް ނުކިޔަމަންތެރި ވެއްޖެއެވެ. އެބޭފުޅުންގެ ބޯހަރުކަން އަދިވެސް ބޮޑަށް އިތުރުވެއްޖެއެވެ.


”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ