Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 6:4 - ކިތާބުލް މުޤައްދަސާ

4 ”⁠އަހަރެމެން ކުށުގެ ކައްފާރާއެއްގެ ގޮތުގައި އިސްރާއީލުގެ ކަލާނގެއަށް ގެންދަންވީ ކޮން ކަހަލަ ޤުރުބާނީއެއް ތޯ؟⁠“ އެމީހުން ބުނެއްޕެވެ. ”⁠ކަލޭމެންގެ ގައިގައި ނެގި ބަލިމަޑުކަމުގެ ސިފައިގައި ރަނުން އޭގެ ފަސް ސޫރަ ހަދައި ރަނުގެ ފަސް މީދަލުގެ ސޫރަ ހަދައި އެއެއްޗެހި ގެންދޭ. އެހެނީ ކަލޭމެންނެކޭ އެއްގޮތަށް ކަލޭމެން ފިލިސްޠީނީންގެ ފަސް ސަހަރުގެ ވެރިންނަށް ވެސް ވަނީ އެ ބަލިމަޑުކަން ޖެހިފައި.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 6:4
10 ပူးပေါင်းရင်းမြစ်များ  

އިސްރާއީލީން މޫސާގެފާނު ވިދާޅުވި ހުރިހާ ގޮތެއް ހަދަމުން ދިޔައެވެ. އެމީހުން މިޞްރުގެ މީހުންގެ ގާތުން އަންނައުނާއި ރަންރިހީގެ ގަހަނާއަށް އެދެމުން ދިޔައެވެ.


މިކަންތަކުގެ ތެރޭގައި އެތައް ބަޔަކު މަރުވެދާން ފަށައިފިއެވެ. މަރުނުވެ ތިބި މީހުންގެ ގައިން މުލިހި ނަގައިފިއެވެ. ޢަގްރޫންގެ މީހުން ހޭރޭ އަޑު އުޑާ ހަމަޔަށް އުފުލިއްޖެއެވެ.


އަޝްދޫދުގެ މީހުންނާއި އެ ހިސާބު ކައިރީގައިވާ އެންމެންނަށް މާތްރަސްކަލާނގެ ބޮޑުވެގެންވާ މުސީބާތެއް ފޮނުއްވިއެވެ. އެމީހުންގެ ގައިގެ ހަމުގައި މުލިހި ނަގައި މުޅި ހިސާބުގަނޑަށް ބިރުވެރިކަން ފެތުރިއްޖެއެވެ.


މާތްރަސްކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދެވުމުން އެ ސަހަރުގެ މީހުންނަށް އެކަލާނގެ ބޮޑު މުސީބާތެއް ކުރިމަތި ކުރައްވައި އެންމެންގެ ތެރޭގައި ހާސްކަން ފަތުރުއްވައިފިއެވެ. އެ ސަހަރުގެ ކުދިބޮޑު އެންމެންގެ ގައިން މުލިހި ނަގައިފިއެވެ.


ކަލޭމެންގެ ގައިގައި ނަގާފައި ހުރި މުލިހީގެ ސޫރައާއި އަދި ޤައުމު ހަލާކުކުރަމުން ދާ މީދާތަކުގެ ސޫރަ ހަދައިގެން ގެންގޮސް އިސްރާއީލުގެ ކަލާނގެއަށް މާތްކޮށް ހިތައިފި ނަމަ، ފަހަރުގައި ކަލޭމެންގެ ގައިންނާއި ކަލޭމެންގެ ކަލާނގެތަކުންނާއި ކަލޭމެންގެ ބިމުން އަތްޕުޅު އުފުއްލަވައިފާނެ.


ދެން ކަލޭމެންގެ ކުށުގެ ކައްފާރާ އަކަށް ހުށަހެޅުމަށް ތައްޔާރު ކުރި ރަނުގެ ތަކެތި ފޮއްޓަކަށް ލާފައި އެ ފޮށިކޮޅުގެ ކާރީގައި ބަހައްޓާ. ދެން އެތަކެތި ގާޑިޔަލަށް ލާފައި ގެރިތައް ދާނެ ގޮތަކަށް ދާން ދޫކޮށްލާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ