Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 6:3 - ކިތާބުލް މުޤައްދަސާ

3 ”⁠ކަލޭމެން މާތްކަލާނގެ ފޮށިކޮޅު އަނބުރާ ފޮނުވާލާއިރު ހަދިޔާއަކާ ނުލާ ނުފޮނުވާތި. އެ ފޮށިކޮޅާއެކު ކުށުގެ ކައްފާރާއެއް ވެސް ފޮނުވަން ޖެހޭނެ. އޭރުން ކަލޭމެންގެ ބަލި ފަސޭހަވެދާނެ. އަދި މިހާ ދުވަސްވީ އިރު ވެސް ކަލޭމެންނަށް ސަޒާ ދެއްވުމުގައި އެކަލާނގެ ދެމި ހުންނެވީ ކީއްވެކަން ވެސް ކަލޭމެންނަށް އޭރުން އެނގޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 6:3
15 ပူးပေါင်းရင်းမြစ်များ  

ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


ކަލޭމެންގެ ޖަނަވާރުތަކުގެ ތެރެއިން އެންމެފުރަތަމަ އުފަންވާ ފިރިހެން ހިމާރުގެ ބަދަލުގައި ޅަކަންބަޅިއެއް ހުށައަޅައި އެ އެތި ޤުރުބާނުން ސަލާމަތް ކުރޭ. ކަލޭމެން އެހެން ހަދަން ބޭނުން ނޫންނަމަ އެ ހިމާރުގެކަރު ބިންދާލާ. އެކަމަކު ކަލޭމެން ގެ ދޮށީ ފިރިހެން ދަރީގެ ބަދަލުގައި ޖަނަވާރެއް ޤުރުބާން ކުރަންޖެހޭނެ. އެކަކު ވެސް ހުސްއަތާ އައިސްގެން ނުވާނެ.


ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.


ޢަގްރޫންގެ މީހުން ފިލިސްޠީނުގެ ވެރިން އެއްތަން ކޮށްފައި ބުންޏެވެ. ”⁠އަހަރެމެން އެންމެން މަރުވުމުގެ ކުރީގައި ކަލޭމެން ތިޔަ މާތްކަލާނގެ ފޮށިކޮޅު ހުރިތަނަށް ގެންދޭ.⁠“ އެ ސަހަރުގެ މީހުން ތިބީ ވަރަށް ބިރުގެންފައެވެ. އެހެނީ މާތްކަލާނގެ އެމީހުންގެ ތެރެއަށް ވަނީ ގަދަ ކޯފާއެއް ފޮނުއްވާފައެވެ.


މި ހުރިހާ ކަމެއް އަޝްދޫދުގެ މީހުންނަށް ފެނުމުން އެމީހުން ބުންޏެވެ. ”⁠މި ކަމަކީ އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅު މިތަނަށް ގެނައިމާ ވެގެން އުޅޭކަމެއް. މިއީ އެމީހުންގެ ކަލާނގެ އަހަރެމެންގެ ދާޖޫން ކަލާނގެއަށާއި އަހަރެމެންގެ މައްޗަށް ފޮނުއްވި ކޯފާއެއް. އެ ފޮށިކޮޅު މިތާ ބަހައްޓައިގެން ނުވާނެ.⁠“


މާތްރަސްކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދެވުމުން އެ ސަހަރުގެ މީހުންނަށް އެކަލާނގެ ބޮޑު މުސީބާތެއް ކުރިމަތި ކުރައްވައި އެންމެންގެ ތެރޭގައި ހާސްކަން ފަތުރުއްވައިފިއެވެ. އެ ސަހަރުގެ ކުދިބޮޑު އެންމެންގެ ގައިން މުލިހި ނަގައިފިއެވެ.


ދެން ކަލޭމެންގެ ކުށުގެ ކައްފާރާ އަކަށް ހުށަހެޅުމަށް ތައްޔާރު ކުރި ރަނުގެ ތަކެތި ފޮއްޓަކަށް ލާފައި އެ ފޮށިކޮޅުގެ ކާރީގައި ބަހައްޓާ. ދެން އެތަކެތި ގާޑިޔަލަށް ލާފައި ގެރިތައް ދާނެ ގޮތަކަށް ދާން ދޫކޮށްލާ.


އެކަމަކު ގާޑިޔާ ދަނީ ކޮން ދިމާއަކަށްތޯ ބަލާތި. ގާޑިޔާ އިސްރާއީލުގެ ބައިތުޝަމްސު އާ ދިމާއަށް ދާނަމަ އަހަރެމެންނަށް މި ދިމާވި އާފާތަކީ މާތްރަސްކަލާނގެ ކިބަފުޅުން ދިމާވި ކަންތަކެއް ކަމަށް ބަލާ. ގާޑިޔާ އެ ނޫން ދިމާއަކަށް ދާނަމަ، މި ދިމާވި ކަންތަކުގައި އެކަލާނގެ އަތްޕުޅެއް ނުވޭ. އެ ވާނީ ތަބީޢީ ގޮތުން ދިމާވި އިއްތިފާގަކަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ