Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 6:20 - ކިތާބުލް މުޤައްދަސާ

20 އެހެންކަމުން އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ތެރޭން އެކަކަށް ވެސް މި މާތްރަސްކަލާނގެ، މި މުޤައްދަސް ކަލާނގެ ހާޒިރުގައި ހުއްޓި ހުންނާކަށް ނުކެރޭނެ. އެހެންވީއިރު އަހަރެމެން މި ފޮށިކޮޅު ފޮނުވާލަންވީ ކޮން ތާކަށްތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 6:20
13 ပူးပေါင်းရင်းမြစ်များ  

އެކަމަކު ޢުއްޒާ ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވި ބޮޑުކަމުން އޭނާ މަރުވެގެން އެ މާތްކަލާނގެ ފޮށިކޮޅު ދޮށަށް ވެއްޓިއްޖެއެވެ. އެހެނީ އުއްޒާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު ބަހައްޓަންވާ ޤަދަރުވެރިކަމެއް ނެތެވެ. އަދި އެ ފޮށިކޮޅަށް ދޭންވާ ސަމާލުކަން އޭނާ ދީފައެއް ވެސް ނުވެއެވެ.


ދާއޫދުގެފާނު އެދުވަހު މާތްރަސްކަލާނގެ ދެކެ ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފޮށިކޮޅު އަހަރެންގެ ކައިރިއަށް ގެންނާނީ ކިހިނެއް؟⁠“


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ. އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ. ”⁠ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ.⁠“ ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ. އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ.


މިތަނުގައި މިވަނީ އެދެފަރާތްޕުޅުގެ ކޯފާގެ ދުވަހެއް. އަދި އެކަމާއި ދެކޮޅަށް ތެދުވަން ކެރޭނީ ކާކަށް؟⁠“


މި ހުރިހާ ކަމެއް އަޝްދޫދުގެ މީހުންނަށް ފެނުމުން އެމީހުން ބުންޏެވެ. ”⁠މި ކަމަކީ އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅު މިތަނަށް ގެނައިމާ ވެގެން އުޅޭކަމެއް. މިއީ އެމީހުންގެ ކަލާނގެ އަހަރެމެންގެ ދާޖޫން ކަލާނގެއަށާއި އަހަރެމެންގެ މައްޗަށް ފޮނުއްވި ކޯފާއެއް. އެ ފޮށިކޮޅު މިތާ ބަހައްޓައިގެން ނުވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ