Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 6:19 - ކިތާބުލް މުޤައްދަސާ

19 އެކަމަކު ބައިތުޝަމްސުގެ ހަތްދިހަ މީހުން މަރުވެ ދިޔައެވެ. އެއީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ އެތެރެ ބެލުމުގެ ސަބަބުންނެވެ. މާތްރަސްކަލާނގެ އެމީހުންނަށް މި ދެއްވި ހަރުކަށި އަދަބާ މެދު މީހުން ދެރަވެ ރޮއި ކަރުނަ އެޅިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 6:19
14 ပူးပေါင်းရင်းမြစ်များ  

އެކަމަކު ޢުއްޒާ ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވި ބޮޑުކަމުން އޭނާ މަރުވެގެން އެ މާތްކަލާނގެ ފޮށިކޮޅު ދޮށަށް ވެއްޓިއްޖެއެވެ. އެހެނީ އުއްޒާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު ބަހައްޓަންވާ ޤަދަރުވެރިކަމެއް ނެތެވެ. އަދި އެ ފޮށިކޮޅަށް ދޭންވާ ސަމާލުކަން އޭނާ ދީފައެއް ވެސް ނުވެއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ދޭ ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ ދުށުމަށް ސަރަހައްދު ހުރަސްކޮށް ނާންނައްޗޭ.⁠‘ އެހެންނޫނީ ވަރަށް ގިނަ ބަޔަކު މަރުވެދާނެ.


މީސްތަކުންނަށް އެކަލާނގެ މި ހަރުކަށި ބަސްފުޅުތައް އިވުމުން އެމީހުން ރޮއި ހިތާމަކޮށް، ރީތި ހެދުންތަކާއި ގަހަނާ އެޅުން ހުއްޓާލިއެވެ.


ތިމާ އަކީ މާ މާތް ތަޤުވާވެރި މީހެއްކަމަށް ބުނެ އަމިއްލަ ނަފްސު މާދަށްކޮށް، ބައެއްކަންތައް ކުރުމަށް އަމިއްލަ ނަފްސަށް މަނާކޮށް، ތިމަންމެންނަށް އިލާހީ ސޫރަވުންތައް ފެންނަ ކަމަށާއި އަދި އެސޫރަވުންތަކުގެ ތަފްސީލުތައް ލިބޭކަމަށް ބުނެ، މަލާއިކަތުންނަށް އަޅުކަން ކުރާ އެކަކަށް ވެސް ކަލޭމެން ކުށްވެރިވިޔަ ނުދޭށެވެ. އެފަދަ މީހުން ބޮޑާ ކުރުވާފައި އެވަނީ ހަމައެކަނި އެމީހުންގެ ސިކުނޑީގެ ފާފަވެރިވިސްނުމުންނެވެ.


އިންސާފު ކުރެވޭ ދުވަހުން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އެކަލާނގެ ދަރިންނަށް އިސްކަމެއްދެއްވަތެވެ. އަދި އަހަރެމެން މަސީޙީން ވެސް އެއްކިބާ ނުކުރައްވާ އެކަލާނގެ އިންސާފު ކުރައްވަތެވެ. ވީއިރު އެ ހެޔޮޚަބަރުފުޅާ މެދު އީމާންނުވެ ދެކޮޅުވެރިވީ ފަރާތްތަކާ މެދު ހުރި ބިރެއް އަދި ކިހާ ބޮޑުވާނެ ހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ