Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 6:14 - ކިތާބުލް މުޤައްދަސާ

14-15 ގާޑިޔާ ބައިތުޝަމްސު ޔަޝޫޢުގެ ދަނޑަށް އަރައި އެތަނުގައި ހުރި ބޮޑު ހިލައެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. ލާވީންގެ މީހުން އައިސް ގާޑިޔަލުން މުޤައްދަސް ފޮށިކޮޅާއި އަދި ރަނުގެ ތަކެތި އަޅާފައި ހުރި ފޮށި ގެންގޮސް އެ ހިލަމަތީ ބަހައްޓައިފިއެވެ. އަދި ގާޑިޔަލުގެ ލަކުޑި ދަރަށް ކޮށައި އަލިފާން ރޯކޮށް ގެރިތައް ކަތިލައި އޭގެ މަސް ވެދުންކޮށް އަންދައި މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީ ވެދުން ކޮށްފިއެވެ. އެދުވަހު ބައިތު ޝަމްސްގެ މީހުންގެ މީހުން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އަންދައި ޤުރުބާނީ ވެދުން ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 6:14
13 ပူးပေါင်းရင်းမြစ်များ  

އެދުވަހު ޖާދުނަބީ ދާއޫދުގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވަޑައިގެން ޔަބޫސީންގެ އަރޫނާގެ ގޮވާން ތޮށިނޮޅާ ދަނޑުބިމުގައި ޤުރުބާނީ ޖަގަހައެއް ހައްދަވާ.⁠“


އަރޫނާ ދެންނެވިއެވެ. ”⁠ކަލޭގެފާނު ބޭނުން ފުޅު އެއްޗެއް ގެންދަވާ. މިތަނުގައި ގޮވާން ކުރަން ދުއްވާ ގެރިތައް އަންދަވައި ޤުރުބާން ކުރައްވާ. ދެގެރި ބަނދެފައި އޮންނަ ދަނޑިއާއި ގޮދަންނޮޅާ ބަރު ލަކުޑި ދަތިގަނޑު ވެސް ދަރުގެ ގޮތުގައި ބޭނުން ކުރައްވާ.


ދެން ދާއޫދުގެފާނު އެތަނުގައި ޤުރުބާނީ ވެދުން ކުރާއައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ޤުރުބާނީ އަންދާނެ އައްޓެއް ވެސް ހައްދަވައި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރައްވައިފިއެވެ. ދެން މާތްރަސްކަލާނގެ އެ މީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އޭގެ ފަހުން އެ ބަލިމަޑުކަން އިސްރާއީލުގެ ބިމުން ފިލައިފިއެވެ.


ތިމަންކަލާނގެއަށް ޤުރުބާނީ ކުރަން ހަދާ އަށި ހަދަން ވާނީ ބިމުގެ ވެލިންނޭ. ކަލޭމެން ތިމަންކަލާނގެއަށްޓަކައި ކުރާ އެންދުމުގެ ޤުރުބާނީތަކާއި ގުޅުންބަދަހި ކުރުމަށްޓަކައި ކަންބަޅި ބަކަރި އަދި ގެރިތައް ކަތިލައި ކުރާ ޤުރުބާނީތައް ކުރަން ވާނީ އެތަނުގައޭ. ތިމަންކަލާނގެއަށް އަޅުކަންކުރާނެ މަޤާމުތައް ތިމަންކަލާނގެ ދައްކަވާނަމޭ. އެތަނުގައި ކަލޭމެން އަށި ހަދައިގެން ޤުރުބާނީ ކުރާށޭ. އޭރުން ތިމަންކަލާނގެ ކަލޭމެންގެ ގާތަށް ވޮޑިގެން ކަލޭމެންނަށް ބަރަކާތްލައްވައި ދެއްވާނަމޭ.


އޭރު ޝާއުލް ދަނޑުން އެނބުރި ވަޑައިގަންނަވަނީ އެވެ. އެކަލޭގެފާނު ހުންނެވީ ގެރިތަކުގެ ފަހަތުގަ އެވެ. ރަށުގެ މީހުން ރޯ އަޑު އިވިގެން އެކަލޭގެފާނު މި ވެގެން އުޅޭގޮތެއް އައްސަވައިފި އެވެ. އެމީހުން އެހުރިހާ ވާހަކައެއް އެކަލޭގެފާނަށް ދަންނަވައިފި އެވެ.


އެއީ ރަށުގައި އާއިލާގެ ޤުރުބާނީ ކުރުމެއް އޮވެގެން އޭނާގެ ބޭބެމެން އޭނާ ދިއުމަށް އެދިފައިވާތީ އޭ. އެހެންވީމާ ބޭބެމެން ގާތަށް ފޮނުވާ ދޭށޭ. އެހެންވެ އޭނާ މި ޖާފަތަށް ނައީ.⁠“


ބައިތުޝަމްސުގެ ވާދީތަކުގައި ގޮދަން ކަނޑަން ތިބި ބަޔަކަށް މުގައްދިސް ފޮށިކޮޅު އަންނަތަން ފެނިގެން އެމީހުން އުފަލުން ފުރިގެން ދިޔައެވެ.


ރަނުން ހަދާފައިވާ ފަސް މީދާ ރަމްޒު ކޮށްދެނީ ފަސް ވެރިން ލާފައި ތިބި ފަސް އަވަށެވެ. މީގެ ތެރޭގައި ފާރު ރާނައި އިން ވަކި ކޮށްފައި ހުރި ރަށްތަކާއި އިން ވަކިނުކޮށް ހުރި އަވަށްތައް ހިމެނެއެވެ. މި ކަންތައް ހިނގި ތަނުގައި ހުރި ހިލަ މިލިއުނު އިރު ވެސް ޔަޝޫޢު ދަނޑުގައި އެބަހުއްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ