1 ޞަމޫއީލް 6:11 - ކިތާބުލް މުޤައްދަސާ11 ދެން ގާޑިޔަލަށް މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަރުވައި އެމީހުން ތައްޔާރު ކުރި ރަނުގެ މީދާތަކާއި ބަލިމަޑުކަމުގެ ސޫރަ އެހެން ފޮއްޓަކަށް ލާފައި ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައި ބަހައްޓާލިއެވެ. အခန်းကိုကြည့်ပါ။ |
”އަހަރެމެން ކުށުގެ ކައްފާރާއެއްގެ ގޮތުގައި އިސްރާއީލުގެ ކަލާނގެއަށް ގެންދަންވީ ކޮން ކަހަލަ ޤުރުބާނީއެއް ތޯ؟“ އެމީހުން ބުނެއްޕެވެ. ”ކަލޭމެންގެ ގައިގައި ނެގި ބަލިމަޑުކަމުގެ ސިފައިގައި ރަނުން އޭގެ ފަސް ސޫރަ ހަދައި ރަނުގެ ފަސް މީދަލުގެ ސޫރަ ހަދައި އެއެއްޗެހި ގެންދޭ. އެހެނީ ކަލޭމެންނެކޭ އެއްގޮތަށް ކަލޭމެން ފިލިސްޠީނީންގެ ފަސް ސަހަރުގެ ވެރިންނަށް ވެސް ވަނީ އެ ބަލިމަޑުކަން ޖެހިފައި.