1 ޞަމޫއީލް 5:8 - ކިތާބުލް މުޤައްދަސާ8 އެހެންވެ އެމީހުން ފިލިސްޠީނުގެ ހުރިހާ ބޮޑުން އެއްތަން ކޮށްފައި އެމީހުންނާ ސުވާލުކުރިއެވެ. ”އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅާއި މެދު އަހަރެމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދޭ.“ ދެން އެމީހުން އެ ފޮށިކޮޅު ޖައްތުއަށް ގެންގޮސްފިއެވެ. အခန်းကိုကြည့်ပါ။ |
އަޚީޝް ރަސްގެފާނު ދާއޫދު ގެންނަވައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ކަލޭ އައިއްސުރެ މިހާތަނަކަށް ކަލޭގެ އިތުބާރު ގެއްލޭ ކަހަލަ ކަމެއް ކަލޭގެ ފަރާތަކުން ފެނިފައެއް ނެތް. އަހަރެންގެ ސިފައިންގެ ތެރޭގައި ކަލޭ ގެންދަން އަހަރެން ކިތަންމެހާ ވެސް ބޭނުން. އެކަމަކު ފިލިސްޠީނުންގެ ވެރިން ކަލޭ ގެންދާކަށް ބޭނުމެއްނުވޭ.