Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 5:7 - ކިތާބުލް މުޤައްދަސާ

7 މި ހުރިހާ ކަމެއް އަޝްދޫދުގެ މީހުންނަށް ފެނުމުން އެމީހުން ބުންޏެވެ. ”⁠މި ކަމަކީ އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅު މިތަނަށް ގެނައިމާ ވެގެން އުޅޭކަމެއް. މިއީ އެމީހުންގެ ކަލާނގެ އަހަރެމެންގެ ދާޖޫން ކަލާނގެއަށާއި އަހަރެމެންގެ މައްޗަށް ފޮނުއްވި ކޯފާއެއް. އެ ފޮށިކޮޅު މިތާ ބަހައްޓައިގެން ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 5:7
15 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެދުވަހު މާތްރަސްކަލާނގެ ދެކެ ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފޮށިކޮޅު އަހަރެންގެ ކައިރިއަށް ގެންނާނީ ކިހިނެއް؟⁠“


ފިރުޢައުނުގެ ވަޒީރުން ވަޑައިގެން ދެންނެވިއެވެ. ”⁠މިމީހާ އަޅުގަނޑުމެންނަށް މި އާފާތް މެދުވެރި ކުރާނީ ކިހާ ދުވަހެއް ވަންދެންތޯ؟ އެމީހުންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުއްވާދެއްވަންވީ ނޫންތޯ؟ މިޞްރު ފަނާވަމުން ދާތަނެއް މަނިކުފާނަކަށް ފެނި ވަޑައިއެއް ނުގަންނަވާތޯ؟⁠“


މިޞްރުގެ އެންމެން ވެސް އިސްރާއީލުގެ މީހުން އެރަށުން އަވަހަށް ފައިބައިގެން ދިއުމަށް އެދެމުން ދިޔައެވެ. ”⁠އެހެން ނޫނީ އަހަރެމެން އެންމެން މަރުވެ ހުސްވެދާނެ!⁠“ އެމީހުން ބުނަމުން ދިޔައެވެ.


”⁠އެންމެ ރަނގަޅު. ދޭ!⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.⁠“


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“


މާތްރަސްކަލާނގެއަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދޭ. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކު ވެސް މަޑުކުރާނެ ކަމެއް ނެތް.⁠“


އަހަރެމެންގެ ދުވަސް ހިނގައްޖެ. އެފަދަ ބާރުގަދަ ކަލުންގެ ކިބައިން އަހަރެމެން ރައްކާތެރިކޮށް ދޭނީ ކާކު؟ އެއީ މިޞްރުގެ މީހުންނަށް ހަނަފަސް ސަހަރާގައި އެކިކަހަލަ ބަލިތައް ފޮނުއްވައި އެމީހުން ނައްތާލެއްވި ކަލުން.


އަޝްދޫދުގެ މީހުންނާއި އެ ހިސާބު ކައިރީގައިވާ އެންމެންނަށް މާތްރަސްކަލާނގެ ބޮޑުވެގެންވާ މުސީބާތެއް ފޮނުއްވިއެވެ. އެމީހުންގެ ގައިގެ ހަމުގައި މުލިހި ނަގައި މުޅި ހިސާބުގަނޑަށް ބިރުވެރިކަން ފެތުރިއްޖެއެވެ.


އެހެންވެ އެމީހުން ފިލިސްޠީނުގެ ހުރިހާ ބޮޑުން އެއްތަން ކޮށްފައި އެމީހުންނާ ސުވާލުކުރިއެވެ. ”⁠އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅާއި މެދު އަހަރެމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދޭ.⁠“ ދެން އެމީހުން އެ ފޮށިކޮޅު ޖައްތުއަށް ގެންގޮސްފިއެވެ.


އެހެންކަމުން އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ތެރޭން އެކަކަށް ވެސް މި މާތްރަސްކަލާނގެ، މި މުޤައްދަސް ކަލާނގެ ހާޒިރުގައި ހުއްޓި ހުންނާކަށް ނުކެރޭނެ. އެހެންވީއިރު އަހަރެމެން މި ފޮށިކޮޅު ފޮނުވާލަންވީ ކޮން ތާކަށްތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ