1 މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އިބްނު ޢާޒަރުން ފިލިސްޠީނުގެ އަޝްދޫދަށް ގެންގޮސްފިއެވެ.
އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.
ޞަމޫއީލްގެ ބަސްތައް އިސްރާއީލުގެ ހުރިހާ ދިމާއަކަށް ފެތުރިގެން ހިނގައްޖެއެވެ. މިހާރު އިސްރާއީލުން ވަނީ ފިލިސްޠީނުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުމެއެވެ. އިސްރާއީލުންގެ ލަޝްކަރު އިބްނު ޢާޒަރުގައި ރުކުރުވާލިއެވެ. ފިލިސްޠީނުން ފޭލިގެ ޖެހީ އަފީޤުގައެވެ.
ފިލިސްޠީނުން ވަދެ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަތުލައިގެންފިއެވެ. އަދި ޢާލީގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް މަރާލިއެވެ.
އޭނާ ބުންޏެވެ. ”އިސްރާއީލުގެ ޖަލާލަތުކަން އެމީހުންގެ އަތުން ބީވެގެން ހިނގައްޖެ. އެހެނީ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ މީހުން އެމީހުންގެ އަތުން ޖަހައިގެންފި.“
ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ ބިމުގައި ހުންނަތާ ހަތް މަސް ވެއްޖެއެވެ.
ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”އިބްނު ޢާޒަރު“ އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.“