Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:4 - ކިތާބުލް މުޤައްދަސާ

4 ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:4
18 ပူးပေါင်းရင်းမြစ်များ  

ސަދޫގުއާއި އަބިޔާތަރުއާއި އެމީހުންނާ އެކުގައި ތިބި ލާވީންގެ މީހުން މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދަން ނަގައި ބިންމަތީ ބަހައްޓައިފިއެވެ. އެއެންމެން ޖެރޫސަލަމުން ނުކުމެގެން ދަންދެން އެފޮށިކޮޅު ހުރީ އެތަނުގައެވެ.


ދެން އެމީހުން ގޮވައިގެން ޔަހޫޛާގެ ބައަލާއަށް ވަޑައިގެންފިއެވެ. އެމީހުން މި ދިޔައީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅަށް ނިސްބަތްވާ ޢަހުދުނާމާ ފޮށިކޮޅު ބަލައެވެ. އެ ފޮށިކޮޅަކީ އޭގެ މަތިގަނޑުގައި ތިއްބަވާ ކުޑަތާމަލާއިކަތުންގެ ފިޔަފުޅު ދަށުގައި ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ތަޚުތުފުޅު ވާކަމަށް ބުނެވޭ ފޮށިކޮޅެވެ.


ދަރިފުޅު ކިރުތުނބުން ވީއްލި ކައިބޮއި ހަދާ އުމުރަށް އެޅުމުން އެ ދަރިފުޅު ގޮވައިގެން ޙައްނާ އާއި އަލްޤާނާ، މާތްރަސްކަލާނގެ ގެކޮޅަށް ޒިޔާރަތް ކުރުމަށް ޝީލޫހަށް ދަތުރުކުރިއެވެ. އެމީހުންނާ އެކު ތިން އަހަރުގެ ފިރިހެން ގެރިއަކާއި ނުވަ ކިލޯ ގޮދަން ފުށާއި ހަމެއްގައި ހުރި މޭބިސްކަދުރުދިޔަ ގެންދިޔައެވެ.


މި މީހުންގެ ތެރޭގައި އިމާމުންގެ އަފޫދު ހެދުން ލާފައި ހުރި އެކަކީ އަޚިއްޔާ އެވެ. މީނާއަކީ ޔަކުބޫދުގެ ބޭބެ އަޚީތޫބްގެ ދަރިއެކެވެ. ޔަކްބޫދު އަކީ ޝީލޫހުގައި މާތްރަސްކަލާނގެ އިމާމެއްގެ ގޮތުގައި ހުރި ޢާލީ ދަރި ފީނަޙާސް ގެ ދަރިއެކެވެ. މިއިން އެކަކަށް ވެސް ޔޫނަތައިން އެތަނުން ދިޔަކަމެއް އެނގިފައެއް ނެތެވެ.


މިހާރު ޢާލީ ވަނީ މުސްކުޅިވެފަ އެވެ. އޭނާގެ ދަރިން ބަނީއިސްރާއީލުގެ މީހުންނާމެދު ކަންތައް ކުރާ ގޮތާއި، މުޤައްދަސް ފޭލިގެކޮޅު ދޮރުމަތީގައި އުޅޭ މަސައްކަތު އަންހެނުންނާ އެކު ހިންގާ ނަހަމަ ގުޅުމުގެ ވާހަކަ އޭނާގެ ކަންފަތަށް އަރަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ