Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:21 - ކިތާބުލް މުޤައްދަސާ

21 އޭނާ މަރުވުމުގެ ކުރީން އެ ދަރިފުޅަށް ޔަކުބޫދުއޭ ކިޔާ ނަން ދިނެވެ. އެހެނީ އެދުވަހު އިސްރާއީލުގެ އަތުން މާތްރަސްކަލާނގެ ޖަލާލަތު ވަންތަކަން ޖަހައިގެން ގެންދެވުނީތީ އެވެ. އޭނާ މިހެން މި ހެދީ މާތްކަލާނގެ ފޮށިކޮޅު ގެއްލި ދިއުމުގެ އިތުރުން އޭނާގެ ފިރިމީހާއާއި ބަފައިކަލޭގެ ވެސް މަރުވެ ދިއުމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:21
12 ပူးပေါင်းရင်းမြစ်များ  

މި މީހުންގެ ތެރޭގައި އިމާމުންގެ އަފޫދު ހެދުން ލާފައި ހުރި އެކަކީ އަޚިއްޔާ އެވެ. މީނާއަކީ ޔަކުބޫދުގެ ބޭބެ އަޚީތޫބްގެ ދަރިއެކެވެ. ޔަކްބޫދު އަކީ ޝީލޫހުގައި މާތްރަސްކަލާނގެ އިމާމެއްގެ ގޮތުގައި ހުރި ޢާލީ ދަރި ފީނަޙާސް ގެ ދަރިއެކެވެ. މިއިން އެކަކަށް ވެސް ޔޫނަތައިން އެތަނުން ދިޔަކަމެއް އެނގިފައެއް ނެތެވެ.


މިކަމުގެ ހެއްކެއްގެ ގޮތުން ކަލޭގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް އެއްދުވަހަކުމެ މަރުވާނެ ގޮތް މެދުވެރި ކުރާނަން.


ތިމަންކަލާނގެ މީގެ ކުރިން ވެސް އިންޒާރު ދެއްވާފައި ވާނޭ ފަދައިން ޢާލީގެ އާއިލާއާއި މެދު ފެށުނީއްސުރެ ނިމެންދެން އަދުލު އިންސާފު ގާއިމު ކުރައްވާނަން.


ފިލިސްޠީނުން ވަދެ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަތުލައިގެންފިއެވެ. އަދި ޢާލީގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް މަރާލިއެވެ.


އޭނާ ބުންޏެވެ. ”⁠އިސްރާއީލުގެ ޖަލާލަތުކަން އެމީހުންގެ އަތުން ބީވެގެން ހިނގައްޖެ. އެހެނީ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ މީހުން އެމީހުންގެ އަތުން ޖަހައިގެންފި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ