Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:20 - ކިތާބުލް މުޤައްދަސާ

20 އޭނާ މަރުވަމުން ދިޔައިރު އަންހެނަކު އައިސް އޭނާއަށް އެހީތެރިވިއެވެ. އޭނާ ބުންޏެވެ. ”⁠ކަންބޮޑުނުވޭ. ކަލޭ ފިރިހެން ދަރިއަކު ވިހައިފި.⁠“ އެހެނަސް ޢާލީގެ ދަނބިދަރި މިވާހަކައަށް ޖަވާބެއް ވެސް އަދި ސަމާލުކަމެއް ވެސް ނުދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:20
5 ပူးပေါင်းရင်းမြစ်များ  

އޭގެ ދުވަސްކޮޅެއްގެ ފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ މީސްތަކުން ބައިތުއީލް އިން ފުރައިގެން ދަތުރުކުރެއްވިއެވެ. އަދި އެބައިމީހުން އަފްރާތާ އާއި ދުރުގައިވަނިކޮށް ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ދިމާވިއެވެ.


ވިހަން ބަނޑުގައި ރިއްސާ އަންހެނަކު ވެސް ވާނީ ވަރަށް ބޮޑު ތަދަކާއި ކެކުޅުމެއްގައި. ނަމަވެސް ވިހެއުމުން އެހުރިހާ ކަމެއް ހަނދާންނެތި އުފާވެ ހިތްހަމަ ޖެހިދާނެ. އެއީ އޭނާއަށް ކުއްޖަކު ދުނިޔެއަށް ގެނެވުނުކަމުގެ އުފަލުގައި.


ޢާލީގެ ދަނބިދަރި، ފީނަޙާސްގެ އަނބިމީހާ އިނީ ބަލިވެއެވެ. އޭރު ވަނީ ދަރިފުޅު ވިހަން ކައިރިވެފައެވެ. އޭނާއަށް މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދިޔަ ޚަބަރު ލިބުނެވެ. އަދި ޢާލީއާއި އޭނާގެ ފިރިމީހާ މަރުވި ޚަބަރު ވެސް ލިބުނެވެ. މި ޚަބަރު އިވުމާއެކު އޭނާގެ ވޭންވަރު ގަދަވެ ދަރިފުޅު ފާޅުވާން ފަށައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ