1 ޞަމޫއީލް 4:2 - ކިތާބުލް މުޤައްދަސާ2 ފިލިސްޠީނުން ބަނީ އިސްރާއީލުންނާ ހަމަލަ ދިނުމަށް ތައްޔާރުވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. ފިލިސްޠީނުން އިސްރާއީލުގެ ހަތަރުހާސް ސިފައިން މަރާލައި ހަނގުރާމަ ފަތަޙަ ކޮށްފިއެވެ. အခန်းကိုကြည့်ပါ။ |
އިސްރާއީލުގެ ސިފައިން އެނބުރި ފޭލިގެތަކަށް ދިއުމުން ބޮޑުން މިފަދައިން އެކަކުއަނެކަކާ ސުވާލު ކުރިއެވެ. ”މާތް ރަސްކަލާނގެ އަހަރެމެން ފިލިސްޠީނުގެ އަތުން ބަލި ކުރެއްވީ ކީއްވެބާ؟ އަހަރެމެން މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ޝީލޫހުއިން ނަގައިގެން ގެންދާނަން. އެއީ މާތް ރަސްކަލާނގެ ވެސް އަހަރެމެން ކުރާ ހަނގުރާމައިގައި ބައިވެރިވެ ވޮޑިގެން އަހަރެމެންނަށް ކާމިޔާބު ލިބުމަށް އެހީތެރިވެ ދެއްވާތޯ.“