Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:19 - ކިތާބުލް މުޤައްދަސާ

19 ޢާލީގެ ދަނބިދަރި، ފީނަޙާސްގެ އަނބިމީހާ އިނީ ބަލިވެއެވެ. އޭރު ވަނީ ދަރިފުޅު ވިހަން ކައިރިވެފައެވެ. އޭނާއަށް މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދިޔަ ޚަބަރު ލިބުނެވެ. އަދި ޢާލީއާއި އޭނާގެ ފިރިމީހާ މަރުވި ޚަބަރު ވެސް ލިބުނެވެ. މި ޚަބަރު އިވުމާއެކު އޭނާގެ ވޭންވަރު ގަދަވެ ދަރިފުޅު ފާޅުވާން ފަށައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:19
7 ပူးပေါင်းရင်းမြစ်များ  

އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު. ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.⁠“


ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ގަދަވެ ނުހަނު އުނދަގުލާއި ކުރިމަތިލާން ޖެހުމަށް ފަހު ރާޙީލް ވިހެއެވެ. އެ ހިނދު ރާޙީލްގެ ފޫޅުމާމައަށް މިތަންފެނި މިފަދައިން ގޮވާލެވުނެވެ. ”⁠ފިކުރު ނުކުރޭ ރާޙީލް. ތިބާއަށް އިތުރު ފިރިހެން ދަރިއަކު ލިބިއްޖެ!⁠“


ބަންޔާމީންގެ މީހާ މުޤައްދަސް ފޮށިކޮޅާއި ބެހޭގޮތުން މިބުނި ވާހަކަ އަޑު އިވުމުން ޢާލީ އިން ގޮނޑިން އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުނީ ބޮޑު ދޮރާށި ކައިރިއަށެވެ. ޢާލީ ވެއްޓި ކަނދުރާ ބިންދައިގެން ހިނގައްޖެއެވެ. އޭނާއަކީ މުސްކުޅި ފަލަ މީހެކެވެ. އެހެންކަމުން ވަގުތުން އޭނާ މަރުވެއްޖެއެވެ. ޢާލީ ވަނީ ސާޅީސް އަހަރު ވަންދެން އިސްރާއީލީންގެ މައްޗަށް ވެރިކަންކޮށްފައެވެ.


އޭނާ މަރުވަމުން ދިޔައިރު އަންހެނަކު އައިސް އޭނާއަށް އެހީތެރިވިއެވެ. އޭނާ ބުންޏެވެ. ”⁠ކަންބޮޑުނުވޭ. ކަލޭ ފިރިހެން ދަރިއަކު ވިހައިފި.⁠“ އެހެނަސް ޢާލީގެ ދަނބިދަރި މިވާހަކައަށް ޖަވާބެއް ވެސް އަދި ސަމާލުކަމެއް ވެސް ނުދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ