Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:18 - ކިތާބުލް މުޤައްދަސާ

18 ބަންޔާމީންގެ މީހާ މުޤައްދަސް ފޮށިކޮޅާއި ބެހޭގޮތުން މިބުނި ވާހަކަ އަޑު އިވުމުން ޢާލީ އިން ގޮނޑިން އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުނީ ބޮޑު ދޮރާށި ކައިރިއަށެވެ. ޢާލީ ވެއްޓި ކަނދުރާ ބިންދައިގެން ހިނގައްޖެއެވެ. އޭނާއަކީ މުސްކުޅި ފަލަ މީހެކެވެ. އެހެންކަމުން ވަގުތުން އޭނާ މަރުވެއްޖެއެވެ. ޢާލީ ވަނީ ސާޅީސް އަހަރު ވަންދެން އިސްރާއީލީންގެ މައްޗަށް ވެރިކަންކޮށްފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:18
15 ပူးပေါင်းရင်းမြစ်များ  

އޭރު ޢާލީ ރަށުގެ ބޮޑު ދޮރާށި ދޮށުގައި ގޮނޑިއެއް ބަހައްޓައިގެން މުޤައްދަސް ފޮށިކޮޅާމެދު ފިކުރުބޮޑުވެފައި އިނެވެ. އޭރު އެ މީހާ އެދިމާއަށް އާދެއެވެ. ބަންޔާމީންގެ ދަރިކޮޅު މި މީހާ އައިސް މި ޚަބަރު ދިނުމުން ރަށުގެ އެންމެން ހަރު އަޑުން ރޯން ފަށައިފިއެވެ.


އެމީހާ ބުންޏެވެ. ”⁠އިސްރާއީލީން ފިލިސްޠީނީންގެ އަތުން ބަލިވެ ފިލައިގެން ހިނގައްޖެ. އަދި އެކަން އެކަންޏެއް ވެސް ނޫން. ކަލޭގެ ދެ ދަރިން ވެސް އޭގެ ތެރޭގައި ހިމެނުނު. އަދި މާތްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ވެސް އެމީހުން އަތުލައިގެންފި!⁠“


ޢާލީގެ ދަނބިދަރި، ފީނަޙާސްގެ އަނބިމީހާ އިނީ ބަލިވެއެވެ. އޭރު ވަނީ ދަރިފުޅު ވިހަން ކައިރިވެފައެވެ. އޭނާއަށް މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދިޔަ ޚަބަރު ލިބުނެވެ. އަދި ޢާލީއާއި އޭނާގެ ފިރިމީހާ މަރުވި ޚަބަރު ވެސް ލިބުނެވެ. މި ޚަބަރު އިވުމާއެކު އޭނާގެ ވޭންވަރު ގަދަވެ ދަރިފުޅު ފާޅުވާން ފަށައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ