Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:13 - ކިތާބުލް މުޤައްދަސާ

13 އޭރު ޢާލީ ރަށުގެ ބޮޑު ދޮރާށި ދޮށުގައި ގޮނޑިއެއް ބަހައްޓައިގެން މުޤައްދަސް ފޮށިކޮޅާމެދު ފިކުރުބޮޑުވެފައި އިނެވެ. އޭރު އެ މީހާ އެދިމާއަށް އާދެއެވެ. ބަންޔާމީންގެ ދަރިކޮޅު މި މީހާ އައިސް މި ޚަބަރު ދިނުމުން ރަށުގެ އެންމެން ހަރު އަޑުން ރޯން ފަށައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:13
9 ပူးပေါင်းရင်းမြစ်များ  

އެއްފަހަރަކު ޤުރުބާނީ ވެދުންކުރަން ޝީލޫހަށް ދިޔަ ދަތުރެއްގައި ޤުރުބާނީ ކެއުމުގެ ކަންތައް ނިމުމުން ޙައްނާ އެތަނުން ތެދުވެގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަން ދިޔައެވެ. އޭރު ޢާލީ އިމާމު އާދައިގެ މަތިން ގެކޮޅުގެ ދޮރުމަތީ ގޮނޑިއެއްގައި އިނެވެ.


ޢާލީގެ އުމުރުން އޭރު ނުވަދިހަ އަށް އަހަރު ވެފައި ވުމާއެކު އޭނާގެ ލޮލަކަށް މިހިނގާ ކަންތަކެއް ނުފެނެއެވެ. އޭނާ ސުވާލު ކުރިއެވެ. ”⁠މިހާ އަޑު ގަދަވެގެން މިއުޅެނީ ކީއްވެތަ؟⁠“ ދެން ބެންޔާމީނީންގެ މީހާ ޢާލީ ގާތަށް ދުވެފައި އައެވެ.


ބަންޔާމީންގެ މީހާ މުޤައްދަސް ފޮށިކޮޅާއި ބެހޭގޮތުން މިބުނި ވާހަކަ އަޑު އިވުމުން ޢާލީ އިން ގޮނޑިން އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުނީ ބޮޑު ދޮރާށި ކައިރިއަށެވެ. ޢާލީ ވެއްޓި ކަނދުރާ ބިންދައިގެން ހިނގައްޖެއެވެ. އޭނާއަކީ މުސްކުޅި ފަލަ މީހެކެވެ. އެހެންކަމުން ވަގުތުން އޭނާ މަރުވެއްޖެއެވެ. ޢާލީ ވަނީ ސާޅީސް އަހަރު ވަންދެން އިސްރާއީލީންގެ މައްޗަށް ވެރިކަންކޮށްފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ