Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:12 - ކިތާބުލް މުޤައްދަސާ

12 އެދުވަހު ޝީލޫހުއަށް ދިޔަ ބަންޔާމީން ދަރިކޮޅު މީހަކު އޭނާގެ ހިތާމަ ފާޅުކުރުމަށް ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން ހުރެ މައިދާނުން ދުވެފައި ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:12
9 ပူးပေါင်းရင်းမြစ်များ  

ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.


ތާމާރު އެ ހެދުން ވީދާލައި ބޮލަށް އަޅިއަޅައި ދެއަތުން މޫނުފޮރުވައިގެން ރޮމުން ރޮމުން ހިނގައްޖެއެވެ.


ދެން ދާއޫދުގެފާނު ފަރުބަދައިގެ ކުންނަށް އަރާވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް އަޅުކަން ކުރެއްވުމަށް ވަރަށް ގިނަފަހަރު ވަޑައިގަންނަވާ ތަނެކެވެ. އެވަގުތު އަރުކީންގެ ހޫޝާއީ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ހޫޝާއީގެ ހެދުން ވަނީ ވީދިފައެވެ. އޭނާ ވެސް ހުރީ ބޮލަށް ވެލި އަޅައިގެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ